twitterviber whatsapp telegramfacebookyoutube instagram
8th April 2026

އިތުރު އިންޖީނެއްގައި މައްސަލަ ޖެހި މިއަދުވެސް ކަރަންޓް ކަނޑަނީ

ނަބީލާ އިސްމާޢީލް
Apr 21, 2024

ކުޅުދުއްފުއްޓަށް ކަރަންޓުދިނުމަށް ބޭނުންކުރާ އިންޖީނެއްގައި މައްސަލަޖެހި މިއަދު ވެސް ކުޅުދުއްފުށިން ކަރަންޓް ކެނޑޭނެ ކަމަށް ކުޅުދުއްފުށީ ފެނަކަ ބުރާންޗުން ބުނެފި އެވެ.

އެ ބުރާންޗުން ނެރުނު އިއުލާނެއްގައި ބުނީ ރަށަށް ކަރަންޓްދިނުމަށް ބޭނުންކުރާ އިންޖީނުތަކުގެ ތެރެއިން 800 ކިލޯ ވޯޓުގެ އިންޖީނެއްގައި މައްސަލަޖެހިފައިވާތީ ލޯޑުމަތިވާ ގަޑިތަކުގައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.

އެގޮތުން އެ ބުރާޗުންވަނީ ލޯޑު މަތިވާ ގަޑިތަކުގައި ކަރަންޓު ކެޑުމަށް ޝެޑިއުލްވެސް އާންމުކޮށްފަ އެވެ.

ކުޅުދުއްފުށީގައި ބޭނުންކުރާ އިންޖީނެއް ހަލާކުވެ، ކުޅުދުއްފުށިން ކަރަންޓް ކަނޑާތާ މިހާރު 2 މަސްދުވަސްވަނީ ވެފަ އެވެ. ކަރަންޓް މައްސަލަ ހައްލުކުރުމަށް އާ އިންޖިނެއް ބަހައްޓާ މައްސަލަ ހައްލުކުރީ 14 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައިކަމަށް ފެނަކައިން ބުނެ އެވެ. އެކަމަކު އެދުވަހު މެންދުރު އެޗްވީ ކޭބަލެއްގައި ރޯވެ މުޅި ރަށުން ކަރަންޓް ކެނޑުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355