twitterviber whatsapp telegramfacebookyoutube instagram
29th August 2026

ވައިކަރަދޫ ދާއިރާގެ ގޮނޑި ފިއްޓެ ދިފާއުކޮށްފި

އަބްދުލް ވާހިދު ޙަސަން
Apr 22, 2024

ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ ގޮނޑި، މިހާރުވެސް އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ކެންޑިޑޭޓް ހުސެއިން ޒިޔާދު (ފިއްޓެ) ކާމިޔާބު ކުރައްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާއަށް ވާދަކުރެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ދިފާއުކުރެއްވި ފިއްޓެއަށް ލިބިލެއްވީ 830 ވޯޓެވެ.

ފިއްޓެއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ޝައްމޫނަށް785 ވޯޓް ލިބިލެއްވިއިރު އަދާލަތު ޕާޓީގެ ކެންޑިޑޭޓް ހުސެއިން ސަގީފަށް ލިބިލެއްވީ 642 ވޯޓެވެ.

ވައިކަރަދޫ ދާއިރާގައި ހިމެނެނީ ވައިކަރަދޫ، ނެއްލައިދޫ އަދި ކުރިނބީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355