twitterviber whatsapp telegramfacebookyoutube instagram
26th October 2025

އުރީދޫގެ ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Apr 26, 2024

މިދިޔަ ރޯދަމަހު އުރީދޫގެ ފަރާތުން ކަސްޓަމަރުންނާ ހަމައަށް ގެނެސްދިން ހަދިޔާފޮށިން އިނާމުތައް ހާސިލް ކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.

ނަސީބުވެރިން ހޮވައި އިނާމުތައް ހަވާލު ކުރީ މިއަދު އުރީދޫ ހެޑްކުއާޓާޒް ގައި ކުރިއަށް ދިޔަ ރަސްމިއަޔާތުގައެވެ. ހަދިޔާފޮށީގެ އެންމެ ހާއްސަ އަދި އަގުހުރި އިނާމަކީ އެޕަލް ވިޝަން ޕްރޯއެވެ.

އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާ ހިމެނެއެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއް މި އަހަރުގެ ހަދިޔާފޮށީގައި އުރީދޫ އިން ހިމަނާފައިވެއެވެ.

ރަސްމިއްޔާތުގައި އޫރީދޫގެ ސީއީއޯ ހުސައިން ނިޔާޒް ވިދާޅުވީ މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އާ ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރެވުނު ކަމެއް ކަމަށެވެ. އަދި މި އަހަރުގެ ހަދިޔާފޮށީގަ ބައިވެރިވެގެން އިނާމު ހޯދި ހުރިހާ ފަރާތްތަކަށް ސީއީއޯ މަރުހަބާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ރޯދަމަހާ ދިމާކޮށް ވެސް އުރީދޫ އިން ވަނީ ހާއްސަ އިނާމުތަކާ އެކީގައި "ހަދިޔާ ފޮށި" ޕުރޮމޯޝަން ކުރިއަށް ގެންގޮސްފައެވެ. މި ޕުރޮމޯޝަނަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355