twitterviber whatsapp telegramfacebookyoutube instagram
12th February 2026

ސަޢޫދީ ރަސްގެފާނުގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގެންފި

ނަބީލާ އިސްމާޢީލް
May 10, 2024

ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާން ދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އެ މަނިކުފާނުގެ ދެކަނބަލުން މިހާރު ވަނީ އުމްރާގެ އަޅުކަން އަދާކުރައްވަން ސައޫދީއަށް ފުރާވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެގޮތުން، މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފާއި، އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ދެކަނބަލުންގެ އަރިހުގައި އެ ބޭފުޅުން މި ދަތުރުފުޅު ކުރައްވަނީ ސައޫދީ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355