twitterviber whatsapp telegramfacebookyoutube instagram
21st August 2026

ގަދަވަޔާ ވިއްސާރާގައި ދިއްދޫ 6 ގެއަކަށް ބޮޑެތި ގެއްލުންތަކެއް

ނަބީލާ އިސްމާޢީލް
May 14, 2024

ރޭ ދަންވަރު ހއ. ދިއްދޫއަށް އެރި ކޮޅިގަނޑެއްގައި އެރަށުގެ 6 ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މިހާރު ރާއްޖެއަށްކުރަމުންދާ ވިއްސާރާގައި ރޭ ދިއްދޫ ފުލެޓް ސަރަހައްދުގެ 6 ގެއެއްގެ ފުރާޅު އެއްލާލައި ވަރަށް ގިނަ ގެތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ގެއްލުން ލިބުނު ގެތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި މިހާރު ގެއްލުން ލިބުނު ގެތަކުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކައުންސިލާއި، ފުލުހުންނާއި އަދި އާންމު ރައްޔިތުން ގުޅިގެން ކުރަމުން އަންނަކަމަށެވެ.

ދިއްދޫ ކައުންސިލުން ވިދާޅުވީ، ކޮޅިގަނޑުގެ އަސަރުކޮށްފައިވަނީ ރޭ ގާތްގަނޑަކަށް 3:30 އާއި 4:00 އާއި ދެމެދު ގައި ކަމަށެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ވިއްސާރަ ދުވަސްވަރެކެވެ. އެގޮތުން ވިއްސާރަވެ ގޭގެއަށް ފެންވަރު ބައެއް ރަށްރަށުގެ ގަސްތައްވެސް ވެއްޓި އެކި ވަރުގެ ގެއްލުން ދަނީ ވަމުންނެވެ. އެހެންކަމުން މިކަމަށް އާންމު ރައްޔިތުން ސަމާލުކަން ދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355