twitterviber whatsapp telegramfacebookyoutube instagram
5th April 2026

ކޭއާރުއެޗްގެ ސީއީއޯއަކަށް ނާޒިމާ އަލީ

އަބްދުލް ވާހިދު ޙަސަން
May 15, 2024
6

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ސީއީއޯއަކަށް ނާޒިމާ އަލީ އައްޔަނުކުރައްވައިފި އެވެ. ކޭއާރުއެޗުން ސޯޝަލް މީޑިއާ ކުރި ޕޯސްޓެއްގައި މިކަން ވަނީ ހާމަކޮށްފަ އެވެ.

ނާޒިމާއަކީ ތަޖުރިބާކާރު ނަރުހެކެވެ. ނަރުހެއްގެ ގޮތުގައި އޭނާ މަސައްކަތްކުރައްވާތާ 25 އަހަރުވެއްޖެ އެވެ. އޭނާ އެންމެފަހުން ހުންނެވީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ނާސިންގ ކޯޑިނޭޓަރަކަށެވެ. އޭނާ ވަނީ އައިޖީއެމްއެޗްގައި އެކި މަގާމުތަކުގައި 20 އަހަރަށްވުރެގިނަ ދުވަހު ހިދުމަތްކުރައްވާފަ އެވެ.

އެގޮތުން ރެޖިސްޓަރޑް ނާރސް، ސީނިއާ ރެޖިސްޓަރޑް ނާރސް، ކްލިނިކަލް ނާރސް އަދި ވާރޑް މެނޭޖަރުކަންވެސް ކުރައްވާފަ އެވެ.

ނާސިންގ އެންޑް މެނޭޖްމެންޓް ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ނާޒިމާ އަލީ، އައިޖީއެމްއެޗްގެ އިތުރުން ކޭއާރުއެޗުގައި އާއި ތެލެސީމީއާ ސެންޓަރު އަދި މ އަތޮޅާއި ލ އަތޮޅު ހޮސްޕިޓަލްގައިވެސް މަސައްކަތްކުރައްވާފައިވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދައި ހޮސްޕިޓަލެވެ. މީގެ ކުރިން ކޭއާރުއެޗުގެ ސީއީއޯކަން އަދާކުރައްވާފައިވަނީ އަހުމަދު ދާއޫދު (ޑޭވިޑް) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355