twitterviber whatsapp telegramfacebookyoutube instagram
22nd August 2026

ހއ ފެށިގެން ތ އަތޮޅަށް ރީނދޫ އެލާޓް ނެރެފި

May 21, 2024

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ އެލާޓު ނެރެފިއެވެ.

މިއީ މެޓް އޮފީހުން މި ސަރަހައްދުތަކަށް ޖެހިޖެހިގެން ރީނދޫ ސަމާލު ނެރުނު ހަތަރު ވަނަ ފަހަރެވެ. އެގޮތުން އެ އިދާރާއިން އިއްޔެ މެންދުރު 14:00 ފެށިގެން މި އެލާޓު ދަނީ ދަންމާލަމުންނެވެ.

މި ފަހަރުގެ ސަމާލުގެ ވަގުތަކީ ހެނދުނު 10:30 އިން 14:30 އަށެވެ.

އެ އިދާރާއިން ބުނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355