twitterviber whatsapp telegramfacebookyoutube instagram
8th September 2024

ފޯރިގަދަ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް އޯގަސްޓްމަހު

ނަބީލާ އިސްމާޢީލް
May 26, 2024
1

ކުޅުދުއްފުށީގައި ބާއްވާ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތް، ކުޅުދުއްފުށި ޗެމްޕިއަންޝިޕް އަންނަ އޯގަސްޓްމަހު ބާއްވަން ސިޓީ ކައުންސިލުން ނިންމައިފި އެވެ. ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތް ރާވާ ހިންގާނެ ފަރާތެއް ހޯދަން މިހާރުވަނީ ހުޅުވާލާފަ އެވެ.

ކަޕް ފޯމެޓަށް ކުޅޭ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ އެންމެ ފުރަތަމަ ބައިވެރިވުމަށް ފޯމް ހުށަހަޅާ 8 ޓީމަށް ކަމަށެވެ.

މި މުބާރާތަކީ ކުޅުދުއްފުށީގެ ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެއް ނަމަވެސް މިދިޔަ އަހަރު މުބާރާތަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަތޮޅުގެ އެހެންރަށްތަކަށް ހުޅުވާލި ފުރުސަތުގައި މުބާރާތުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ، ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބްގެ އިތުރުން ނޮޅިވަރަމްގެ ކުލަބް ހުވާސް އަދި ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބު ބައިވެރިވި އެވެ.

އަދި މީގެ އިތުރުން ކުޅުދުއްފުށީގެ 4 ޓީމެއް ބައިވެރިވި އެވެ. އެއީ ޒިގްޒެގާއި މާއްޓޭ ސްޕޯޓްސްއާއި ކުލަބް ކޮރަލްސްގެ އިތުރުން ހިރަފުސް ސްޕޯޓްސް ކުލަބެވެ.

ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ކައުންސިލުން ބާއްވާތާ މިއީ 3 ވަނަ އަހަރެވެ.

މުބާރާތުގައި ހޮވާ މަގާމުތައް:

  • ޗެމްޕިއަން ޓީމް
  • ރަނަރއަޕް ޓީމް
  • ކޮންމެ މެޗެެއްގެ މޭން އޮފްދަ މެޗް
  • ފެއަރޕްލޭ ޓީމް
  • އެންމެ މޮޅު ކުޅުންތެރިޔާ
  • އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ
  • އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ
  • އެންމެ މޮޅު ގޯލްކީޕަރ
  • އެންމެ މޮޅު ޑިފެންޑަރ
  • އެންމެ މޮޅު މިޑްފީލްޑަރ
  • އެންމެ މޮޅު ސްޓްރައިކަރ
  • އެންމެ މޮޅު ކޯޗް

މި މުބާރާތް ފުރަތަމަ ފެށިއިރު ޗެމްޕިއަންޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅި ނަމަވެސް މިދިޔަ އަހަރުވަނީ ޗެމްޕިއަން ޓީމަށް 60،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ކައުންސިލުން ބުނީ 2 އޯގަސްޓުގައި މުބާރާތް ފަށަން އޮތްނަމަވެސް މުބާރާތް އޮންނަ ތާރީހު ބަދަލުވުމަކީ އެކަށީގެންވާކަމެއް ކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355