twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކުޅުދުއްފުއްޓަށް ބިން ހެލުމެއްގެ އަސަރުކޮށްފި

އަބްދުލް ވާހިދު ޙަސަން
May 27, 2024

ކުޅުދުއްފުއްޓަށް ބިން ހެލުމެއްގެ ލޮޅުން/އަސަރުކުރި ކަމަށް ބައެއް މީހުން ރިޕޯޓްކޮށްފި އެވެ.

ކޭއޯއަށް މައުލޫމާތު ދިން ބައެއް މީހުން ބުނެފައިވަނީ މިރޭ ގާތްގަނޑަކަށް 20:22 އެހާއިރު ހެލުމުގެ އިހްސާސްވިކަމަށެވެ. ގާތްގަނޑަކަށް 5 ނުވަތަ 10 ވަރަކަށް ސިކުންތު ލޮޅުމުގެ އަސަރުކުރި ކަމަށެވެ.

އެވަގުތު އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ތިބި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ބުނީ، ބިންހެލުމުގެ އަސަރުކުރި ވަގުތު މޭޒުތަކާއި ގޮނޑިތަކަށްވެސް ހެލުން ކަމަށެވެ.

ކުޅުދުއްފުށީގެ އިތުރުން ހޯރަފުއްޓަށްވެސް މި ބިންހެލުމުގެ އިހްސާސްވިކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ހޯރަފުށީ އެއާޕޯޓަށް މި ބިންހެލުމުގެ އަސަރުކުރިކަމަށް މައުލޫމާތު ލިބެ އެވެ.

އެވަގުތު މެޓް އޮފީހަށް ގުޅުމުން ވިދާޅުވީ އެއޮފީހުގެ ބިން ހެލުން ދެނެގަންނަ އެއްވެސް ނިޒާމަކުން މި ބިންހެލުން ދެނެގަނެވިފައިނުވާ ކަމަށެވެ. އެކަމަކުއެހެންނަމަވެސް، އިންޑިޔާގެ ނޭޝަނަލް ސެންޓަރ ފޯރ ސެއިސްމޮލޮޖީގެ ވެބްސައިޓުގައި މި ބިންހެލުމުގެ މައުލޫމާތު ވަނީ އާއްމުކޮށްފައެވެ.

އެހެންނަމަވެސް އޭގެ ދެ ގަޑިއިރެއްހާއިރު ފަހުން މެޓުން ބުނެފައިވަނީ މިރޭ ހދ އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ބެލިބެލުމުން ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރިކޯޑްކުރާ މީޓަރަށް ރާއްޖެ ގަޑިން މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ރިޕޯޓްކުރެވިފައިވާ ކަމަށެވެ.

އެހެންނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއްގެ ކުރިމަތިވާނެކަމަށް ލަފާނުކުރެވޭކަމަށް މެޓުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355