twitterviber whatsapp telegramfacebookyoutube instagram
27th July 2024

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރައްވައިފި

ނަބީލާ އިސްމާޢީލް
May 28, 2024
1

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވެވަޑައިގެން މެންބަރުން، މެންބަރުކަމުގެ ގާނޫނީ ހުވާ މިއަދު ކުރައްވައިފިއެވެ.

އާ މަޖިލީސް ހުވާކުރަން މިއަދު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި އަލަށް އިންތިހާބުވެވަޑައިގެން 93 މެންބަރުން ވެސް ވަނީ ހުވާކުރައްވައިފައެވެ. އެ މެންބަރުންނަށް ހުވާލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

އާ މަޖިލީހުގައި ޖުމުލަ 93 މެންބަރުން ތިއްބަވާއިރު، ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީއެއް ކާމިޔާބުކޮށްފައެވެ. މަޖިލީހުގައި ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރަކާއި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރެކެވެ.

މެންބަރުން ހުވާ ކުރެއްވުމަށް ފަހު 10:15 ގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ފަށާނެ އެވެ. އެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ 20 ވަަ މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމެވެ. އާ މަޖިލިހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

މިއަދުގެ އެޖެންޑާގައި ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ފަހު ދެން އޮތީ ގާނޫނުއަސާސީގެ 88 ވަނަ މާޢްދާގެ ދަށުން މަޖިލީހުން އެކުލަވާލަން ޖެހޭ ހިންގުމުގެ ގަވައިދާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަ ކުރިއަށް ގެންދިޔުމެވެ.

ނިމުނު 19 ވަނަ މަޖިލީހުގެ ތިއްބެވި މެންބަރުންގެ ތެރެއިން މި ފަހަރުގެ އިންތިހާބުގައި ގޮނޑި ދިފާއުކުރެއްވުނީ 11 މެންބަރުންނަށެވެ. 19 ވަނަ މަޖިލީހުގައި ތިއްބެވި ގިނަ އަދަދެއްގެ މެންބަރުން މި ފަހަރުގެ އިންތިހާބުގައި ވާދަ ވެސް ނުކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355