twitterviber whatsapp telegramfacebookyoutube instagram
5th January 2026

ކޭއާރުއެޗަށް ގެންދިޔަ ތުއްތު ކުއްޖާގެ ހާލު ގޯސްވި މައްސަލަ ބަލަނީ

May 30, 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ތުއްތު ކުއްޖަކަށް ފަރުވާދިނުމުގައި އެ ކުއްޖާ ބެލި ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އޮތްތޯ ބަލަން ފަށައިފި އެވެ.

އެ ހޮސްޕިޓަލަށް ގެންދިޔަ 8 މަހުގެ ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުގެ އިހުމާލު އޮތްކަމަށް ތުހުމަތުކޮށް އާއިލާގެ މީހަކު ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ ކޭއާރުއެޗަށް އެ ކުއްޖާ ގެންދިޔައީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހުން އަންނަމުން ދާތީ ކަމަށާއި ކުއްޖާ ހޮސްޕިޓަލްގެ ޑޮކްޓަރަށް ފަސް ފަހަރު ދެއްކި ކަމަށެވެ.

އެކަމަކު އެ އިން ކޮންމެ ފަހަރަކު ވެސް އާދައިގެ ކަމެއް ކަމަށް ނިންމައި ގެއަށް ފޮވާލަނީ ކަމަށް އެ ޕޯސްޓުގައި ވެ އެވެ. އާދޭސްކޮށްގެން ޓެސްޓް ހެދިއިރު ކުއްޖާގެ ޑެންގޫއަށް ޕޮޒިޓިވްވެ ހާލު ސީރިއަސްވެފައިވާ ކަމަށެވެ.

"ހުމުގެ ސަބަބުންނާއި އިންފެކްޝަންގެ ސަބަބުން ޑީހައިޑްރޭޓް ވެގެންނާއި އެކި އެހެން މައްސަލަތައް ދިމާވެ ހާލު ސީރިއަސް ވެފައިވާކަން،" ކުއްޖާގެ އާއިލާގެ ޕޯސްޓުގައިވެ އެވެ.

ކޭއާރުއެޗުގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ ވިދާޅުވީ، އެ މައްސަލައިގައި ހޮސްޕިޓަލުން ފަރުވާދިނުމުގައި އިހުމާލެއްވޭތޯ ބަލަން ފަށާފައިވާ ކަމަށެވެ. މައްސަލަ ބަލަނީ މިނިސްޓްރީއާ ގުޅިގެންނެވެ.

ކުއްޖާއަށް މިހާރު ފަރުވާދެމުންއަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355