twitterviber whatsapp telegramfacebookyoutube instagram
22nd September 2026

އަފީފުއްދީން ސްކޫލްގައި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގުރާމް ފަށަނީ

އަބްދުލް ވާހިދު ޙަސަން
Jun 2, 2024
1

އަފީފުއްދީން ސްކޫލުގައި ސްކިލް ލެބް ގާއިމުކޮށް ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގުރާމް ފަށަން ތައްޔާރުވެއްޖެ އެވެ.

އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަދުނާން އަލީ ވިދާޅުވީ، ހުނަރު ދަސްކޮށްދިނުމަށް ބޭނުންވާ ލެބްގެ މަސައްކަތް ނިމި މިހާރު މުވައްޒަފުންވެސް ތަމްރީންކޮށްފައިވާ ކަމަށެވެ.

ސްކޫލްގައި މިއަހަރު ފަށަނީ ކެއްކުމާއި ފެހުމާއި ވަޑާންކުރުމުގެ ހުނަރު ދަސްކޮށްދިނުމަށެވެ.

މިއަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ތައުލީމުގެ ތެރެއިން ހުނަރު ދަސްކޮށްދޭ ވޮކޭޝަނަލް ޕްރޮގްރާމްތައް ފައްޓަވާނެކަމަށް ތައުލީމާ ބެހޭ ވަޒިރު ޑރ.އިސްމާއީލް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.

މިއަހަރު އެ ސްކޫލްގެ އާޓްގެ ލެބްގެ މަސައްކަތްތައްވެސް ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން އެތަން ތަރައްގީކޮށް ހުރިހާ ދަރިވަރުންނަށް އާޓް ލެބް ބޭނުންކުރެވޭ ގޮތް ހަމަޖައްސައި އާޓްގެ ހުނަރުތައް ދަސްކޮށްދޭން ވަނީ ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293