twitterviber whatsapp telegramfacebookyoutube instagram
2nd July 2024

1.2 މެގަވޯޓްގެ އިންޖީނު އަންނަ ހަފުތާތެރޭ ކުޅުދުއްފުއްޓަށް ފޯރާނެ: މެމްބަރު ފަރުހަތު

އަބްދުލް ވާހިދު ޙަސަން
Jun 5, 2024
2

ކަރަންޓް މައްސަލަ ހައްލުކުރުމުގެ ގޮތުން 1.2 މެގަވޯޓްގެ ޖެން ސެޓެއް އަންނަ ހަފުތާތެރޭ ކުޅުދުއްފުއްޓަށް ފޮނުވޭވަރުވާނެކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުހައްމަދު (ފަރޭ) ވިދާޅުވެއްޖެ އެވެ.

ކަރަންޓްގެ ކެނޑޭ މައްސަލަ ބޮޑުވެފައިވަނިކޮށް އެޕްރީލްމަހު ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެން ވިދާޅުވެފައިވަނީ ކަރަންޓް މައްސަލަ ހައްލުކުރަން 1.2 މެގަވޯޓްގެ ޖެން ސެޓެއް ގެންނަ ކަމަށެވެ. އެހެންނަމަވެސް އެ ޖެން ސެޓް އައުން ލަސްވެ ގިނަ ރައްޔިތުން ތިބީ ނުރުހުންވެފަ އެވެ.

އެކަމަކު އޭގެ ފަހުން 600 ކިލޯވޮޓްގެ ދެ ޖެން ސެޓާއި 800 ކިލޮވޯޓްގެ ޖެން ސެޓެއް ކުޅުދުއްފުއްޓަށް ގެނަ އެވެ.

ފެނަކައާ ހަވާލާދީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު ވިދާޅުވީ، ކުޅުދުއްފުއްޓަށް ފޮނުވާ 1.2 ދެ މެގަވޮޓްގެ ޖެން ސެޓްގެ ތެރެއިން އެއް ޖެން ސެޓް އާދިއްތަ ދުވަހުގެ ކުރިން ކަސްޓަމްސް އިން ނެރެ ކުޅުދުއްފުއްޓަށް ފޮނުވުމަށް ލޯޑްކުރެވޭނެ ކަމަށެވެ.

އަދި ދެވަނަ ޖެން ސެޓްވެސް ވަރަށް އަވަހަށް ކުޅުދުއްފުއްޓަށް ފޮނުވޭނެކަމަށް ފެނަކަ އިން ޔަގީންކަންދީފައިވާކަން މެމްބަރު ފަރުހަތު ވިދާޅުވި އެވެ.

ކަރަންޓް ބޭނުންކުރާ މިންވަރު މަތިވެ ހޫނު ދުވަސްވަރު ލޯޑް ނުހިފެއްޓުމުގެ ސަބަބުން މިދިޔަ ރޯދަމަހުގެ ކުރިން ފެށިގެން ދޭތެރެ ދޭތެރެއިން އަންނަނީ ކުޅުދުއްފުށިން ކަރަންޓް ކަނޑަމުންނެވެ. މިހާރު ކުޅުދުއްފުށީގައި ކަރަންޓް ދިނުމަށްޓަކާ 10 އިންޖީނު ބޭނުންކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355