twitterviber whatsapp telegramfacebookyoutube instagram
22nd September 2024

ތިމާވެށީގެ ދުވަހު ކުޅުދުއްފުށީގައި 700 އަށްވުރެގިނަ ގަސް އިންދައިފި

އަބްދުލް ވާހިދު ޙަސަން
Jun 6, 2024
4

ތިމާވެށީގެ ދުވަހާ ގުޅުވައި ކުޅުދުއްފުށީގައި 794 ގަސް އިންދައިފި އެވެ. މިއީ ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ތެރެއިން އިންދި ގަހެވެ.

ކުޅުދުއްފުށީގައި މި ހަރަކާތް ކުރިއަށްގެންދިޔައީ ވަކިވަކިންނެވެ. އެގޮތުން ސިޓީ ކައުންސިލާއި ސްކޫލްތަކާއި އޮޑިޓް އޮފީސް ގުޅިގެން ގަސް އިންދީ ރަށްމަތިފަންނު ސަރަހައްދުގަ އެވެ.

އެގޮތުން އެތަނުގައި 400 ގަސް އިންދި އެވެ. ރަށްމަތިފަންނުގައި އިންދާފައިވަނީ މަގުލާއި ހަތަރު ރުކެވެ.

ވެމްކޯ އިން ބަންޑާރަހިޔާ ހުޅަނގު ސަރަހައްދުގައި 50 ގަސް އިންދި އެވެ. ވެމްކޯ އިން އިންދާފައިވަނީ ކާންޏާއި ފުނަ އަދި ފިތުރޯނެވެ.

މި ޕްރޮގުރާމުގައި ބައިވެރިވި އެހެން ބައެއް މުއައްސަސާތަކަށް ބަލާއިރު ކޭޕީއެލް އާއި އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުންވެސް ގަސް އިންދި އެވެ. އެގޮތުން އެމްއެންޔޫ އިން ގަސް އިންދީ އާރުޓީއެލް ފެރީ ޓާމިނަލް ސަރަހައްދުގައި އާއި ކެމްޕަސް ހުޅުނގު ފަރާތުގަ އެވެ.

ކެމްޕަހުން އިންދާފައިވަނީ ރުއްކާއި ކާންޏާއި ހިނރުދާއި ނިކަ އަދި ފިތުރޯނެވެ. ކޭޕީއެލް ގަސް އިންދީ އުތުރު ބަނދަރު ސަރަހައްދުގަ އެވެ. ކޭޕީއެލުން އިންދާފައިވަނީ ހިނރުދާއި ކާންޏާއި ފިތުރޯނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355