twitterviber whatsapp telegramfacebookyoutube instagram
12th March 2026

އިޒްރޭލް ޕާސްޕޯޓު މަނާކުރާ ބިލު ބަލައިގަނެ، 241 ކޮމިޓީއަށް ފޮނުވައިފި

ނަބީލާ އިސްމާޢީލް
Jun 10, 2024

ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރަން އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

މެންބަރު މީކާއިލް އިސްލާހު ހުށަހަޅާފައިވަނީ އިމިގްރޭޝަންގެ ގާނޫނަށެވެ. މި އިސްލާހު މަޖިލީހަށް ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި 88 މެންބަރުންގެ ވޯޓުންނެވެ. އަދި މި އިސްލާހު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރެއް ވޯޓު ދީފައިއެއް ނުވެއެވެ.

މި އިސްލާހު މަޖިލީހަށް ބަލައިގަތުމުން ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވާފައެވެ.

ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން މީކާއިލް ހުށަހެޅުއްވި ބިލުގައި އޮތީ، އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަނެތް މީހުންގެ ތެރޭގައި، އިޒްރޭލުގެ ޕާސްޕޯޓު ނުވަތަ އެހެން ގައުމަކާ އެކު ވެސް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ހިމެނުމަށެވެ.

މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ވެސް ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355