twitterviber whatsapp telegramfacebookyoutube instagram
14th April 2026

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފި

ނަބީލާ އިސްމާޢީލް
Jun 13, 2024

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުން ވިއްކާ އަގަށް ހެޔޮކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދުތައް ފުއްދުމަށްޓަކައި ގެނެސްފައިވާ ބަދަލެކަމަށެވެ.

މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ޝެޑްތަކުން ވިއްކާ އަގަށް ހެޔޮކޮށްފައި މިވަނީ މަސްވެރިންގެ ކަންބޮޑުވުންތަކެއް ހުރުމުން އިއްޔެ މުޒާހަރާކޮށްފައި ވަނިކޮށެވެ.

މުޒާހަރާކުރި މަސްވެރިން ވަނީ ސަރުކާރުގެ ވައުދާ އެއްގޮތަށް މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ގޮވާލާފަ އެވެ.

ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި ފުރަތަމަ މުޒާހަރާ ކުރުމަށް ފަހު، އޮޑިތައް މާލެއަށް މިސްރާބު ޖަހައި ފަހުން މާލޭ ފަޅުތެރޭގައި މުޒާހަރާ ކުރިއެވެ. އަދި, ސަރުކާރުން ޖަވާބެއް ލިބެންދެން ރޭ ދަންވަރާ ހަމައަށް މަސްވެރިން ވަނީ އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ.

ދިވެހި މަސްވެރިން ބާނާ މަހަށް 80 މިލިއަން ރުފިޔާ ނުދެވި އެބަހުރި ކަމަށާއި އެ ފައިސާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވަނީ ބުނެފައެވެ.

ސަރުކާރުން މަސްވެރިންނަށްވީ ވައުދުތައް ފުއްދޭނީ އިގުތިސާދީ ހާލަތު ރަނގަޅުވުމުން ކަމަށް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މި އަހަރު މިފްކޯއަށް ބޮޑު ކަންނެލި ވެސް ގަނެވެން ނެތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355