twitterviber whatsapp telegramfacebookyoutube instagram
5th July 2024

1.2 މެގަވޮޓްގެ އިންޖީނަކާއި 800 ކިލޯވޮޓްގެ އިންޖީނެއް ކުޅުދުއްފުއްޓަށް ގެނެސްފި

އަބްދުލް ވާހިދު ޙަސަން
Jun 15, 2024
2

ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މިއަދު އެރަށަށް ދެ އިންޖީނު ގެނެސްފި އެވެ.

މިއަދު ގެނެސްފައިވަނީ 1.2 ކިލޯވޮޓްގެ އިންޖީނަކާއި 800 ކިލޯވޮޓްގެ އިންޖީނެކެވެ. ކުޅުދުއްފުށިން ކަރަންޓްގެ ކެނޑޭ މައްސަލަ ބޮޑުވެފައިވަނިކޮށް އެޕްރީލްމަހު ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެން ވިދާޅުވެފައިވަނީ ކަރަންޓް މައްސަލަ ހައްލުކުރަން 1.2 މެގަވޯޓްގެ ޖެން ސެޓެއް ގެންނަ ކަމަށެވެ.

މުއާޒް ވިދާޅުވި، 1.2 މެގަވޮޓްގެ އިންޖީނު ލިބުން ލަސްވެ ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފަ އެވެ. އެކަމަކު އޭގެ ފަހުންވެސް 600 ކިލޯވޮޓްގެ ދެ ޖެން ސެޓާއި 800 ކިލޯވޮޓްގެ ޖެން ސެޓެއް ކުޅުދުއްފުއްޓަށް ގެނަ އެވެ.

ފެނަކައާ ހަވާލާދީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު ވިދާޅުވެފައިވަނީ ކުޅުދުއްފުއްޓަށް ފޮނުވާ 1.2 ދެ މެގަވޮޓްގެ ޖެން ސެޓްގެ ތެރެއިން އެއް ޖެން ސެޓް ވަރަށް އަވަހަކަށް ރަށަށް ފޯރާނެ ކަމަށެވެ. އަދި ދެވަނަ ޖެން ސެޓެއްވެސް ވަރަށް ކުޅުދުއްފުއްޓަށް ފޮނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ލޯޑްމަތިވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދިނުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެހެންވުމުން އެކަން ހައްލުކުރުމުގެ މަސައްކަތް ފެނަކައިން އަންނަނީ ކުރަމުންނެވެ.

މިއަދު ގެނައި ދެ އިންޖީނާއެކު މިހާރު ކަރަންޓްގެ ހިދުމަތް ދިނުމަށް 12 އިންޖީނު ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355