twitterviber whatsapp telegramfacebookyoutube instagram
24th October 2026

ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީން އިތުރު ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހަދަނީ

ނަބީލާ އިސްމާޢީލް
Jun 19, 2024

ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީން އެ ރަށްރަށުން އިތުރު ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހުއްދަ ނަގަން އިތުރު ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

އެއީ މިހާރު ވެސް އޮތް ނިޒާމުގެ ތެރެއިން ރަޖިސްޓްރީވުމަށް ފަހު ރަށުން ނުވަތަ ސިޓީ ކައުންސިލުން އޮންލައިންކޮށް ނަގަންޖެހޭ ހުއްދައެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

"މިކަން ތަންފީޒު ކުރުމަކީ ލިޔެކިޔުން ނެތް ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރުމަށް ކުރިޔަށް ގެންދާ ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރިޔަށް ގެންދާ ކަމެއް." އިހުސާން ވިދާޅުވި އެވެ.

ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީން ބަލަހައްޓަން ކައުންސިލްތަކުން މިހާރު ވެސް ދަފްތަރެއް ގެންގުޅެން ޖެހެ އެވެ. އެހެން ނަމަވެސް އެކަން އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވޭތީ، އިހުސާން ކުރިން ވިދާޅުވެފައިވަނީ ބިދޭސީންގެ ފޮޓޯއަށް ބަލައިގެން މީހާ ދެނެގަނެވޭނެ ރަނގަޅު އޮންލައިން ނިޒާމެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293