twitterviber whatsapp telegramfacebookyoutube instagram
29th March 2026

އުތުރަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު ދަންމާލައިފި

އަބްދުލް ވާހިދު ޙަސަން
Jun 21, 2024

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ނެރުނު ވައިޓް އެލާޓް ދަންމާލައިފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު މެންދުރުފަހު ނެރުނު އެލާޓްގައި ބުނެފައިވަނި މިއަދު ހެނދުނު 13:30 އާއި 19:30 އާ ދެމެދުގެ ވަގުތުތަކުގައި ހއ އަތޮޅާއި ބ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

މިރޭ އަނެއްކާވެސް ވައިޓް އެލާޓްގެ ވަގުތު މޫސުމާ ބެހޭ އިދާރާއިން މިވަނީ ދަންމާލާފަ އެވެ. އެ އިދާރާ އިން ބުނީ، ގަޑިއަކުން 19 މޭލާއި24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މާދަމާގެ [މިރޭ މެންދަމު] 2:00 ހަމައަށް ވައިޓް އެލާޓް ދަންމާލާފައިވާ ކަމަށެވެ.

އީދު ޗުއްޓީގެ ތެރޭގައި ގިނަ ބަޔަކު އަންނަނީ އެރަށުން އަނެއް ރަށަށް ދަތުރުކުރަމުންނެވެ.

ވައިޓް އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެ އެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355