twitterviber whatsapp telegramfacebookyoutube instagram
1st December 2025

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ގޮނޑިއަށް ދެ ބޭފުޅަކު ކުރިމަތިލައިފި

އަބްދުލް ވާހިދު ޙަސަން
Jun 23, 2024
5

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުސްވެފައިވާ އުތުރު ދާއިރާގެ ގޮނޑިއަށް ދެ ބޭފުޅަކު ކުރިމަތިލައިފި އެވެ.

ޖުލައިމަހު 20 ވަނަ ދުވަހު ބާއްވާ މި ބައި- އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓެކެވެ.

އެމްޑީޕީގެ ފަރާތުން ކުރިމަތިލިނީ، ކުޅުދުއްފުށީ/ފަގުޑި، ޝަމްނޫޒް މުހައްމަދު ނައީމެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރިމަތިލީ ކުޅުދުއްފުށީ / ވަވަތި، އިބުރާހިމް އަހުމަދެވެ.

ކެންޑިޑޭޓުންގެ ނަންތައް މިހާރު ތަރުތީބުކުރެވިފައިވާއިރު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ އެކެވެ. ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ ދެ އެކެވެ.

މި ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާނީ 20 ވަނަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ. އަދި ރަސްމީ ނަތީޖާ އިއުލާނުކުރަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

އުތުރު ދާއިރާގެ ކައުންސިލް ގޮނޑި ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ދާއޫދު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވުމުންނެވެ. އޭނާ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ޓިކެޓްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355