twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކުޅުދުއްފުށީގައި ހޯމްސްޓޭ އަދި ޓޫރިސްޓް ހޮޓާ ހިންގުމުގެ އުސޫލު އެކުލަވާލައި ފާސްކޮށްފި

ނަބީލާ އިސްމާޢީލް
Jun 24, 2024

ކުޅުދުއްފުށީގައި ހޯމްސްޓޭ، ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ހިންގުމުގެ މަގު ފަހިކޮށް ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ހޯމްސްޓޭ، ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ހިންގުމުގެ އުސޫލު އެކުލަވާލައި، ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

ސިޓީ ކައުންސިލުން ބުނީ ޓޫރިޒަމް މިނިސްޓްރީން ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމަށް ސިޓީ ކައުންސިލަށް ދޫކުރާ ހުއްދަލިބި، އެއިދާރާގެ ޓޫރިޒަމް ޑެސްކް އެވުޒާރާގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.

އެ ކައުންސިލުން ބުނީ ގެސްޓްހައުސް ވިޔަފާރި ހިންގަން ޖެހޭނީ ދިވެހިރާއްޖޭގެ ޓުއަރިޒަމާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 99/2) ގާނޫނާއި އަދި އެގާނޫނުގެ ދަށުން މިނިސްޓްރ އޮފް ޓުއަރިޒަމް އިން އެކުލަވާލާފައިވާ ދިވެހިރާއްޖޭގައި ގެސްޓްހައުސް އަދި ހޯމްސްޓޭ ވިޔަފާރި ހިންގުމާ ބެހޭ ގަވާއިދާ އެއްގޮތަށްކަމަށެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި ފަހިކޮށްދިނުމާއި ތައާރަފުކުރުމާއި މި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސައިދިނުމާއި، އެ ސިނާއަތުން ރައްޔިތުންނަށް ވަޒީފާތައް ފަހިކޮށްދިނުމާއި ފުދުންތެރިކަށް އިތުރުކޮށް ރައްޔިތުންގެ މެދުގައިވާ ރިވެތި އަހުލާގާއ،ި އާދަކާދަތަކާއި މެހުމާންދާރ އަދި ވަށްޓަފާޅިއާއި ގެވެހި މަސައްކަތް ފަތުރުވެރިންނާއި ހިއްސާކޮށް އެ ވިޔަފާރިއާއި ގުޅުންހުރި އިތުރު ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމެވެ.

މީގެ އިތުރުން ރަށުގެ ސަގާފަތާއި ތަރިކައާއި ގުދުރަތީ ރީތިކަން ޕްރޮމޯޓްކޮށް އިޝްތިހާރުކުރުން އަދި ރަށުގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމުގެ މަގުސަދުގައިކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އެ ކައުންސިލުން ބުނީ މި ވިޔަފާރި ކުރެވޭނީ ގެސްޓްހައުސް / ހޯމްސްޓޭގެ ވިޔަފާރި ހިންގަން ޖެހޭނީ އެވިޔަފާރި ކުރުމަށް ޓްއަރިޒަމް މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށްފަހު ކަމަށެވެ. އަދި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ރަށުގައި ރަޖިސްޓްރީކޮށ،ް ހިންގުމުގެ ހުއްދަ ނަގާފައިވާތަންތަނަށް ބުކިންގ ހަދައިގެން ޒިޔާރަތްކުރާ ފަތުރުވެރިންކަން ޔަގީން ކުރަންޖެހޭނެ ކަމަށެވެ.

މި ވިޔަފާރި ކުރާފަރާތްތަކުން އުސޫލާ ހިލާފުވެއްޖެނަމަ އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި (50 އާއި 1000)އެއްހާސް ޑޮލަރާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް އުސޫލުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355