twitterviber whatsapp telegramfacebookyoutube instagram
29th May 2026

ފެނަކައިން ދެން ބިލު ފޮނުވާނީ އެސްއެމްއެސް އަކުން

ނަބީލާ އިސްމާޢީލް
Jun 25, 2024
1

ފެނަކަ ކޯޕަރޭޝަނުން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް މި ޖޫންމަހުން ފެށިގެން ހިދުމަތުގެ ބިލް ފޮނުވާނީ އެސްއެމްއެސްއަކުން އެކަނިކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެކުންފުނިން ކުރި އިއުލާނެއްގައިބުނީ ޕްރިންޓް ކޮށްފައިވާ ބިލުގެ ބަދަލުގައި މިއަދުން ފެށިގެން ކޮންމެ ކަސްޓަމަރަކަށްވެސް އެ ކަސްޓަމަރަކު ފެނަކައިގައި ރަޖިސްޓްރީކޮށްފައިވާ ފޯނު ނަންބަރަކަށް ފޮނުވާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

އަދި ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދައްކައިގެން ފޮނުވާ ރެޑްނޯޓިސްވެސް ޕްރިންޓްކޮށްގެން ހަވާލުކުރުމުގެ ބަދަލުގައި ދެން ފޮނުވާނީ އެސްއެމްއެސް އަކުން ކަމަށެވެ.

އެސްއެމްއެސްގައި ބިލް އެޑްރެސް، ބިލް ނަންބަރު، ސަބްސްކުރިޕްޝަން ނަންބަރު، މީޓަރު ނަންބަރުގެ އިތުރުން ބިލްގައިވާ ފައިސާގެ އަދަދު އަދި މުއްދަތު ހަމަވާ ތާރީހު ހިމަނާފައިވާނެ ކަމަށެވެ.

މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހާއި ހަމައަށް މި މައުލޫމާތު ހިމެނޭ ބިލުގެ އެސްއެމްއެސް ނުލިބޭ ކަސްޓަމަރުން ހިދުމަތްހޯދާ ބުރާންޗަކާ ގުޅައިގެން ބިލް ހޯދުމަށް އެދިފަ އެވެ. އެސްއެމްއެސްގެ އިތުރުން އެޕުންވެސް ބިލު ނެގޭނެ އެވެ. މިހާރުވެސް ގިނަ ބަޔަކު ބިލް ދައްކަނީ އެޕުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355