މުހައްމަދު އާދަމް އަދި އިބްރާހީމް ހަމީދު
މިއަދު އޮތް ހދ އަތޮޅު ކައުންސިލުގެ ބައި އިލެކްޝަނުގައި ބަހައްޓާފައިވާ ހުރިހާ ވޯޓު ފޮށްޓެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނިމިފައިވާއިރު ހދ އަތޮޅު ކައުންސިލުގެ ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް ނަޞްރުﷲ އިސްމާއީލް ކާމިޔާބުކޮށްފި އެވެ.
ހުރިހާ ވޯޓު ފޮށްޓެއްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅެނީ އެމްޑީޕީގެ ކެނޑިޑޭޓް ނަޞްރުﷲ އިސްމާއީލް އެވެ. ނަޞްރުﷲ އަށް ލިބިފައިވަނީ ޖުމްލަ 509 ވޯޓެވެ. އޭނަ އާ ވާދަކުރި ޑީއާރުޕީގެ ކެނޑިޑޭޓް އާދަމް މަސްއޫދު މޫސާ އަށް ލިބިފައިވަނީ ޖުމްލަ 279 ވޯޓެވެ.
މިއަދުގެ އިންތިހާބުގައި ވޯޓު ލާފައިވަނީ 806 މީހުންނެވެ. ބާތިލް 18 ވޯޓު ލާފައިވާއިރު ސައްހަ ވޯޓުގެ ޖުމްލައަކީ 788 އެވެ.
ވަގުތީ ނަތީޖާތައް:
ވޯޓު ފޮށީގެ ނަންބަރު 02
ކެނޑިޑޭޓް ނަންބަރ 01 ނަޞްރުﷲ އިސްމާއިލް: 130 ވޯޓު
ކެނޑިޑޭޓް ނަންބަރ 02 އާދަމް މަސްއޫދު މޫސާ: 71 ވޯޓު
ޖުމްލަ ވޯޓު: 205
ބާތިލް ވޯޓު: 04
ސައްހަ ވޯޓުގެ ޖުމްލަ: 201
ވޯޓު ފޮށީގެ ނަންބަރު 01
ކެނޑިޑޭޓް ނަންބަރ 01 ނަޞްރުﷲ އިސްމާއިލް: 143 ވޯޓު
ކެނޑިޑޭޓް ނަންބަރ 02 އާދަމް މަސްއޫދު މޫސާ: 72 ވޯޓު
ޖުމްލަ ވޯޓު: 221
ބާތިލް ވޯޓު: 06
ސައްހަ ވޯޓުގެ ޖުމްލަ: 215
ވޯޓު ފޮށީގެ ނަންބަރު 04
ކެނޑިޑޭޓް ނަންބަރ 01 ނަޞްރުﷲ އިސްމާއިލް: 131 ވޯޓު
ކެނޑިޑޭޓް ނަންބަރ 02 އާދަމް މަސްއޫދު މޫސާ: 64 ވޯޓު
ޖުމްލަ ވޯޓު: 199
ބާތިލް ވޯޓު: 04
ސައްހަ ވޯޓުގެ ޖުމްލަ: 195
ވޯޓު ފޮށީގެ ނަންބަރު 03
ކެނޑިޑޭޓް ނަންބަރ 01 ނަޞްރުﷲ އިސްމާއިލް: 105 ވޯޓު
ކެނޑިޑޭޓް ނަންބަރ 02 އާދަމް މަސްއޫދު މޫސާ: 72 ވޯޓު
ޖުމްލަ ވޯޓު: 181
ބާތިލް ވޯޓު: 04
ސައްހަ ވޯޓުގެ ޖުމްލަ: 177