twitterviber whatsapp telegramfacebookyoutube instagram
27th June 2026

އިލާ ކްލިނިކުން ވަގަށް ނެގި ތަކެތި ހޯދައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

ނަބީލާ އިސްމާޢީލް
Jun 25, 2024

ކުޅުދުއްފުށީ "އިލާ އަލީ އާދަމް" ކްލިނިކުން ވަގަށްނެގި ތަކެތި ހޯދައި، ވެރިފަރާތާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.

އެކްލިނިކް ފަޅާލައި ވައްކަންކޮށްފައި ވަނީ މި ޖޫންމަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. ކްލިނިކް ފަޅާލާފައިވާކަން އެނގުނީ ހުކުރު ދުވަހުގެ ހެނދުނު އެތަން ހުޅުވަން މުވައްޒަފުން ދިޔުމުންނެވެ. ވަގު ވަދެފައިވަނީ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ މުހައްމަދު އަލީގެ މި ކްލިނިކަކީ ހަފުތާ ބަންދުތަކުގައި ގިނަ ބަޔަކު ހިދުމަތް ހޯދާ ކުލިނިކެކެވެ. ކުލިނިކް ފަޅާލައި މޯބައިލް ފޯނާއި ބްލަޑް ޕްރެޝަރު ބަލާ މެޝިނާއި އަދި ޔޫޕީއެސް ފަދަ ތަކެތި ވަގަށް ނެގިކަމަށް ވެއެވެ.

ފުލުހުން މިއަދު ބުނީ އެ ކްލިނުން ވައްކަންކޮށްފައިވާ މައްސަލައާއިގުޅިގެން އެތަނުން ވަގަށްނެގި ތަކެތި ހޯދުމަށް ކުޅުދުއްފުށީ ފުލުހުން ކުރިމަސައްކަތުން އިއްޔެ އެތަކެތި ހޯދިފައިވާ ކަމަށެވެ. އަދި އެތަކެތި މިހާރު ވަނީ ކްލިނިކްގެ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355