twitterviber whatsapp telegramfacebookyoutube instagram
1st July 2024

އަދަދުތައް ވިދާޅުވެ ފަރުހަތު ދެއްކެވީ މުހިންމު ވާހަކައެއް

ސީރިއަސް ބަލިތަކުގެ 39 މީހުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ކުޅުދުއްފުށިން މާލެއަށް ފޮނުވި.

އަބްދުލް ވާހިދު ޙަސަން
Jun 26, 2024
5

މާލެ ސަރަހައްދު ފިޔަވާ، އެންމެ ގިނަ މީހުން ސިއްހީ ފަރުވާ ހޯދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ. ގިނަ އަހަރުތަކުގައި އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންގެ އަދަދު ލައްކައަކަށްވުރެ މަތިވެ އެވެ. އެހެންނަމަވެސް އެންމެ ރަނގަޅު އަދި ފުރާނައަށް ނުރައްކާ ފަދަ ހާލަތްތަކުގައި ފަރުވާ ދެވޭނެ އިންތިޒާމު ހޮސްޕިޓަލުގައި ނެތްކަން މާލެއަށް ފޮނުވަން ޖެހޭ ބަލި މީހުންގެ އަދަދުން ހާމަވެ އެވެ.

ރައްޔިތުން މަޖިލީހުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު (ފަރޭ) ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ގުޅުވައި ހާމަކުރެއްވީ މުހިންމު އަދި އެހާމެ ސީރިއަސް އަދަދުތަކެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ހޮސްޕިޓަލުން ފަރުވާ ހޯދި ބޮޑެތި ބަލިތަކުގެ މީހުންގެ ތެރެއިން އިތުރު ފަރުވާއަށް 39 މީހުން މާލެ ފޮނުވި އެވެ.

- މިއަހަރުގެ ފުރަތަމަ ކުއާޓާގައި ކުޅުދުއްފުށިން އިތުރު ފަރުވާއަށް މާލެއަށް ފޮނުވި އަދަދުތައް [ހަމައެކަނި ބޮޑެތި ބަލިތަކުގެ]؛

  • ހާޓްއެޓޭކް ޖެހިގެން - 19 މީހުން
  • ސްޓްރޯކް ޖެހިގެން - 14 މީހުން
  • ކިޑްނީ ބަލީގެ - 4 މީހުން
  • ކެންސަރު ބަލީގެ - 2 މީހުން

ބަލި މީހުން މާލެ ގެންދިޔުމަށް ސަރުކާރުންވެސް ބޮޑު ހޭދައެއްކުރަން ޖެހޭއިރު މިއީ ވިސްނާލަން ޖެހޭކަމެއްގޮތުގައި މެންބަރު ފަތުހަތު ފާހަގަކުރެއްވި އެވެ. އުތުރުގެ މައި ހޮސްޕިޓަލްގެ ސިއްހީ ނިޒާމު ރަނގަޅުކޮށް ފަސޭހަކަމާއެކު ސިއްހީ ނިޒާމު ބޭނުންކުރެވޭނެ ގޮތް ހެދުމަށް އޭނާ ސަރުކާރަށް ގޮވާލެއްވި އެވެ.

ފަރުހަތު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ކޭއާރުއެޗްގައި ކާޑިއެކް ސެންޓަރެއް ގާއިމުކުރިނަމަވެސް މިއަދާ ހަމައަށްވެސް އެތަނުގެ ބޭނުންކުރެވޭ ގޮތް ވެފައިނުވާ ކަމަށެވެ. ހިތުގެ ޑޮކްޓަރެއް އަދި ނާރުގެ ޑޮކްޓަރެއްވެސް އެ ހޮސްޕިޓަލްގައި ނެތްކަން ފަރުހަތު ފާހަގަކުރެއްވި އެވެ.

ފަރުހަތު ވިދާޅުވީ، ކޭއާރުއެޗް ތަރައްގީކުރުމަށް ބޮޑު އިމާރާތެއް އައުމުގެ ފެހި ސިގުނަލް މިހާރު ލިބިފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް އެތަން ގާއިމުވެ ހިދުމަތްތައް ތަރައްގީކޮށްދިނުމަށް ފަރުހަތު އެދިވަޑައިގެންނެވި އެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައިވެސް ކޭއާރުއެޗްގެ ތަރައްގީ ކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355