twitterviber whatsapp telegramfacebookyoutube instagram
22nd August 2026

ކޭއާރުއެޗުގެ ހާއްސަ ބަލީ ޑޮކްޓަރުންގެ އޯޕީޑީ ވަގުތު އިތުރުކޮށް، ރައްޔިތުންނަށް ފަސޭހަކޮށްދީފި

އަބްދުލް ވާހިދު ޙަސަން
Jun 28, 2024
2

އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ބަލި މީހުން ބަލައި ވަގުތު އިތުރުކޮށް ފަސޭހަކޮށްދީފި އެވެ.

މިހާރު އެ ހޮސްޕިޓަލުގައި ހާއްސަ ބަލިތަކުގައި ޑޮކްޓަރުން އޯޕީޑިގައި ތިއްބަވަނީ 8:30 – 16:00 ގަ އެވެ. އެހެންވުމުން ހެނދުނުގެ އޯޕީޑީ ބާރުބޮޑުވެ ހިދުމަތް ހޯދުމުގައި ދަތިވެ އާންމުގެ ޝަކުވާ ބޮޑު އެވެ.

ކޭއާރުއެޗުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ ފެށޭ ޖުލައިމަހުން ފެށިގެން ހާއްސަ ބަލިތަކުގެ ޑޮކްޓަރުން އޯޕީޑީ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ އޯޕީޑީ ހެނދުނު 8:30 – 15:00 އަށް އަދި މެންދުރުފަހު 15:00 – 22:00 އަށް ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން އާންމު ބަލިތަކުގެ އޯޕީޑީ ހެނދުނު 8:00 – 00:00 އަށް ކުރިއަށްދާނެކަމަށް ކޭއާރުއެޗުން ބުނެ އެވެ.

ބޭސް އެޅުމާއި ލެބޯޓަރީ ސާމްޕަލް ނެގުމުގެ ހިދުމަތް 8:00 – 20:00 އަށް ކުރިއަށްދާނެ ކަމަށާއި އެމެޖެންސީ ފަރުވާ 24 ގަޑިއިރު ލިބޭނެކަމުގައި ހޮސްޕިޓަލުން މައުލޫމާތުދެ އެވެ. ކޭއާރުއެޗްގެ އެޕޮއިންޓްމެންޓް ނަމްބަރަކީ 6528864 އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355