twitterviber whatsapp telegramfacebookyoutube instagram
1st May 2026

ޖަޕާނުން ދިވެހި ރެޑްކުރެސެންޓް ކުޅުދުއްފުށީ ސިޓީ އޮފީހަށް ވެހިކަލަކާއި ފެން ހިންދާ ސާމާނު ހަދިޔާކޮށްފި

އަބްދުލް ވާހިދު ޙަސަން
Jun 30, 2024

ޖަޕާނު ސަރުކާރުން ދިވެހި ރެޑްކުރެސެންޓްގެ ކުޅުދުއްފުށީ ސިޓީ އޮފީހަށް ވެހިކަލަކާއި ފެން ހިންދާ ޕަމްޕެއް ހަދިޔާކޮށްފި އެވެ.

އެކަމަށްޓަކާ މިއަދު ހަވީރު ހދ ސްޓޭޓް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި މި ސާމާނު ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ.

މި ތަކެއްޗާ ހަވާލުވެލެއްވީ ދިވެހި ރެޑްކުރެސެންޓްގެ އިންޓްރމް ޕްރެޒިޑެންޓް ރަޝީދާ އަލީ އާއި ދިވެހި ރެޑްކުރެސެންޓްގެ ސެކްރެޓްރީ ޖެނެރަލް ފާތިމަތު ހިމްޔާ އެވެ.

މި ވެހިކަލަކީ ޑަބަލް ކެބް ވެހިކަލެކެވެ. ފެން ހިނދައި ސާމާނުގެ ތެރޭގައި ޕަމްޕަކާއި ހޮޅިވެސް ހަދިޔާކުރި އެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރު އާތިފް އާއި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން އާއި ދިވެހި ރެޑްކުރެސެންޓް ކުޅުދުއްފުށީ ސިޓީ އޮފީހުގެ މެނޭޖަރު އިބުރާހިމް މުހައްމަދުގެ އިތުރުން ސިޓީ ކައުންސިލަރުންނާއި ދަރުމަވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355