twitterviber whatsapp telegramfacebookyoutube instagram
6th October 2024

މަސްވެރިކަން ދަށްވުމުން މުވައްޒަފުން ނުކުތީ ކޫއްޑޫ ސާފުކުރަން

Jul 6, 2024

މިފްކޯގެ ސައިޓެއް ކަމުގައިވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) ގެ މުވައްޒަފުން އިސްނަގައިގެން އެރަށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މިއަދު ހެނދުނު ކޫއްޑޫގައި ފެށި މި ޕްރޮގްރާމުގައި މިފްކޯގެ މެނޭޖުމެންޓުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ކޭއެފްސީގެ އެސިސްޓެންޓް ރީޖަނަލް މެނޭޖަރު މުސްތަފާ ޖަމީލު (އޭއާރުއެމް) ވިދާޅުވީ، ޖުމްލަކޮށް މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމުގެ ސަބަބުން މުވައްޒަފުން އިތުރަށް ކުރާނެ މާބޮޑު މަސައްކަތެއް ނެތުމާއެކު ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ފެށީ ކަމުގައެވެ.

"މި ހަފްތާ ނިމެންވާ އިރަށް ރަށުތެރެ އެއްކޮށް ސާފުކުރެވޭނެ." މުސްތަފާ ވިދާޅުވިއެވެ.

ކުންފުނީގެ މާލީ ހާލަތު ތަންދޭ މިންވަރަކުން މިފްކޯއިން އަންނަނީ ކޫއްޑޫ ފެސިލިޓީން އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355