twitterviber whatsapp telegramfacebookyoutube instagram
8th September 2024

ކުޅުދުއްފުށީ އަންހެނުން ކޮމެޓީން ތަރައްގީކުރި ފިނި މައިޒާން ހުޅުވައިފި

ނަބީލާ އިސްމާޢީލް
Jul 8, 2024
1

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން (ޑަބުލިއުޑީސީ) ކުޅުދުއްފުށީގައި ތަރައްގީ ކުރި ފިނިމައިޒާން ހުޅުވައިފި އެވެ. މި މައިޒާން ހުޅުވައިދެއްވީ އެކަމަށްޓަކާ އިއްޔެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ.

ހިތަށްފިނިވާމަގު އިރުމަތިން ފުއްޓަރު ފަރާތުގައި ތަރައްގީކުރި މި މައިޒާނުގެ ނަމަކީ 'ޑަބުލިއުޑީސީ ފިނި މައިޒާން' އެވެ. މި މައިޒާނުގައި ބާބަކިއު ހަޓްތަކާއި ޖޯލިފަތި އަދި ބެންޗް ފަދަ ހިތްހަމަ ޖައްސާލުމަށް ތިބެލެވޭ ކަހަލަ ތަންތަން ހަދާފައިވެ އެވެ.

1.57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މި މައިޒާނުގެ މައިގަނޑު މަގުސަދަކީ ގިނަ އަންހެނުންތަކެއް އެއްތަނަކުން ބައްދަލުވެ ކަންބޮޑުވުންތަކާ މެދު މަޝްވަރާކޮށް ގުޅުން ބަދަހިކުރުމެވެ.

އަދި ސިއްހީ، ތައުލީމީ، ކުޅިވަރުގެ އަދި މީގެ އިތުރުން ސިޔާސީ ދާއިރާއަށް އަންހެނުން ނިކުތުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުން އަދި އަންހެނުން ބައްދަލުވެ މި ފަދަ ވާހަކަތައް ދައްކާލުމަށް ހިތްފަސޭހަ މަންޒިލެއް ގާއިމުކޮށްދިނުންކަމުގައި އަންހެނުން ކޮމެޓީން މައުލޫމާތު ދެއެވެ.

ރަށުގެ އިރުމަތި ފަރާތް ވަރަށް އެކަހެރިކޮށް އޮންނަ ސަރަހައްދެކެވެ. އެކަމަކު މި ފިނި މައިޒާނުގެ ސަބަބުން އެ ސަރަހައްދަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ލިބިގެންދާނެކަން ޔަގީންނެވެ.

މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލަރުންނާއި އަންހެން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ އާއި އެ ކޮމެޓީގެ މެމްބަރުންގެ އިތުރުން ކުރީގެ އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނާއި އާންމުވެސް ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355