twitterviber whatsapp telegramfacebookyoutube instagram
11th September 2026

ހދ އަތޮޅު ކޮމާންޑަރު ކަޕް: ޓީމް ކޭސީޕީ އާއި ނޮޅިވަރަމް ޕޮލިހަށް ތަފާތު ބޮޑު މޮޅެއް

އަބްދުލް ވާހިދު ޙަސަން
Jul 13, 2024

ހދ އަތޮޅު ކޮމާންޑަރު ކަޕްގައި ހުކުރުދުވަހު ކުޅުނު މެޗުތަކުގައި ޓީމް ކޭސީޕީ އާއި ނޮޅިވަރަމް ޕޮލިސް ރސ މޮޅުވެއްޖެ އެވެ.

ނޯތު ޕޮލިސް ހެޑްކުއާޓަރުގެ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ހަވީރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް ކޭސީޕީ އާއި ހަނިމާދޫ ޕޮލިހެވެ.

މި މެޗް 15-01 ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ކޭސީޕީ ޓީމެވެ. ފުރަތަމަ ހާފުގައި ކުޅެން އަރައި 10 ލަނޑު ޖަހައި ބޮޑު ލީޑެއް ކޭސީޕީން ނެގި އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކޭސީޕީއަށް ހަތަރު ލަނޑު ޖަހައިދިން އަހުމަދު ހަސަން (7ޖ) އެވެ.

ކޭސީޕީގެ މުހައްމަދު ހަސަން (އެމްޑީ) އާއި އަލީ ފިރާގު ވަނީ ކޮންމެ ކުޅުންތެރިޔަކުން ތިން ގޯލް ޖަހައި ހެޓްރިކް ހަދާފަ އެވެ. ހަނިމާދޫ ޕޮލިހުން ޖެހި ހަމައެކަނި ގޯލް ޖަހާފައިވަނީ ފުރަތަމަ ހާފުގައި ސޯދިގް މޫސާ އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ކޭސީޕީ ލެޖެންޑްސް އާއި ނޮޅިވަރަމް ޕޮލިސް ރސ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް 6-0 ގޯލްގެ ތަފާތަކުން މޮޅުވީ ނޮޅިވަރަމް ޕޮލިހެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ނޮޅިވަރަމު ޕޮލިހުން ދެ ގޯލް ޖެހި އެވެ. އެ ގޯލްތައް ޖަހައިދިނީ ހުސެއިން ސިރާޖާއި އަހުމަދު ވަސީމެވެ. ދެވަނަ ހާލުގައި ޖެހި ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް ޖެހީ މޫސާ އަބޫބަކުރެވެ. ބާކީ ގޯލްތައް ޖަހާފައިވަނީ ހުސެއިން ސިރާޖާއި މުހައްމަދު މަބްރޫކެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނޮޅިވަރަމު ޕޮލިހުގެ އަހުމަދު ވަސީމެވެ. މި މުބާރާތުގެ ދެ މެޗް މިއަދު ހަވީރުވެސް ކުޅޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293