twitterviber whatsapp telegramfacebookyoutube instagram
12th June 2026

ޕެނަލްޓީ ޖަހައިގެން މޮޅުވެ، ފައިނަލްގެ ފަހު ޖާގަ ނޮޅިވަރަމު ޕޮލިސް ހޯދައިފި

އަބްދުލް ވާހިދު ޙަސަން
Jul 15, 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، ހދ އަތޮޅު ކޮމާންޑަރު ކަޕްގައި ފައިނަލްގެ ފަހު ޖާގަ ނޮޅިވަރަމު ޕޮލިސް ރ.ސީ ހޯދައިފި އެވެ.

ނޮޅިވަރަމު ޕޮލިހުން ފައިނަލުން ޖާގަ ހޯދީ އިއްޔެ ހަވީރު ކުޅުނު ދެވަނަ ސެމީ ފައިނަލް މެޗުގައި ޔުނައިޓެޑް ސްޓޭޝަންއާ ވާދަކޮށްގެންނެވެ.

ފޯރިގަދަ މި މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ނޮޅިވަރަމު ޕޮލިހެވެ. ޔުނައިޓެޑް ސްޓޭޝަން މާގިނައިރުތަކެއް ނުވެ ގޯލެއް ޖަހާ އެއްވަރު ކުރި އެވެ.

ދެވަނަ ހާލު ނިމުނުއިރު ދެ ޓީމުންވެސް ވަނީ 2-2 އަކުން އެއްވަރުކޮށްފަ އެވެ. ފަހު ހާފުގައި ކުޅެން އަރާ ޔުނައިޑެޓް ސްޓޭޝަނުން ގޯލެއް ޖަހައި ކުރި ހޯދި އެވެ. އެކަމަކު މެޗު ނިމެމުން ދަނިކޮށް ނޮޅިވަރަމު ޕޮލިހުގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު ސިނާންގެ ބޮލުން ފޮނުވާލި ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައި ނަތީޖާ ހަމަހަމަ ކުރި އެވެ.

3-3 ގެ ނަތީޖާއަކުން މެޗު އެއްވަރުވެގެން ނިންމުމުން ޕެނަލްޓީ ޖަހައިގެން 7-5 ގެ ނަތީޖާއަކުން ފައިނަލަށް ދަތުރުކުރީ ނޮޅިވަރަމު ޕޮލިހެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނޮޅިވަރަމު ޕޮލިހުގެ އަލީ ރަޝީދެވެ. މި މެޗް ޝަރަފްވެރިކޮށްދެއްވީ އުރީދޫ ކުޅުދުއްފުށީ އޮފީހުގެ ސީނިއާ މެނޭޖަރު އަބުދުލް މުހައިމިނު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355