twitterviber whatsapp telegramfacebookyoutube instagram
30th October 2026

ޝާހީންގެ ހެޓްރިކާއެކު ޕޯސްޓް ލެވެލް ބަލިކޮށް ޓީމް ކޭސީޕީ ފައިނަލަށް

އަބްދުލް ވާހިދު ޙަސަން
Jul 14, 2024

ހދ އަތޮޅު ކޮމާންޑަރ ކަޕްގައި ޕޯސްޓް ލެވެލް އަތުން، ޝާހީން ބަސީރުގެ ހެޓްރިކާއެކު ޓީމް ކޭސީޕީ އިން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ހދ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ މެދުގައި ބާއްވާ މި ފޯރިގަދަ މުބާރާތުގައި ކޭސީޕީ އިން ޕޯސްޓް ލެވެލް ބަލިކުރީ 8-0 ގޯލްގެ ތަފާތަކުންނެވެ.

ފުރަތަމަ ހާފު ކުޅެން އަރާ ޓީމް ކޭސީޕީން ވަނީ ޕޯސްޓް ލެވެލް ކޮޅަށް ތިން ގޯލް ޖަހާ ހިންދަމާލާފަ އެވެ. ބާކީ ފަސް ގޯލް ޖަހާފައިވާ ދެވަނަ ހާފުގަ އެވެ.

ޓީމް ކޭސީޕީގެ ޝާހީ ބަސީރު ތިން ގޯލް ޖަހާ ހެޓްރިކް ހެދިއިރު އެ ޓީމުގެ ސައްމޫނު ދާއޫދާއި ހުސެއިން މުހައްމަދު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހާފަ އެވެ. އަލީ ފިރާގުވެސް ވަނީ ގޯލެއް ޖަހާފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މޮޅު ކުޅުމެއް ދެއްކި ހުސެއިން މުހައްމަދެވެ. މި މެޗް ޝަރަފްވެރިކޮށްދެވީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293