twitterviber whatsapp telegramfacebookyoutube instagram
27th June 2026

ކުޅުދުއްފުށީގައި އަޅަން ނިންމި ފުށް ފެކްޓްރީގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމައިފި

ނަބީލާ އިސްމާޢީލް
Jul 13, 2024
1

ކުރީގެ އެމްޑީޕީ ސަރުކާރުން ކުޅުދުއްފުށީގައި ހަދަން ނިންމި ފުށް ފެކްޓްރީ މިހާރު ނުހަދަން ނިންމާފައިވާކަމަށް، ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް ސަންއިން ރިޕޯޓްކޮށްފައިވާގޮތުގައި ޝިމާދު މިހެން ވިދާޅުވީ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. ޝިމާދު ވިދާޅުވީ ފުށް ފެކްޓްރީގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދަން ނިންމީ ކުންފުނީގެ ބޯޑުން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

"ކުރިން ހެދި ފީސިބިލިޓީއާއި މިހާރުގެ ފީސިބިލިޓީ ހެދި އިރު މި އަންނަ ކޯސްޓުތަކާ އަޅާ ބަލާއިރު، އެހާ ފީސިބަލް ކަމަކަށް ނުވާތީ މިހާރު އަޅުގަނޑުމެން ފުށް ފެކްޓަރީގެ މަސައްކަތް ކުރިއަށް ނުގެންދަން ބޯޑުން އޮންނާނީ ނިންމާފައި" ޝިމާދު ވިދާޅުވި އެވެ.

ޝިމާދު އިތުރަށް ވިދާޅުވީ ފުށް ފެކްޓަރީ އަކީ ފައިދާވާނެ ވިޔަފާރިއެއް ކަމަށް ނުފެންނަ ކަމަށާއި އެ ވިޔަފާރީގެ ތެރެއަށް ނުވަނުމަށް ބޯޑުން ނިންމީ ކަމަށެވެ.

ކުރީ ސަރުކާރުން މި މަސައްކަތް ފެށުމަށް ބޭނުންވާ ސާވޭތަކުގެ މަސައްކަތް ނިންމައި އެކަމަށް ބޭނުންވާ ފަންޑުވެސް ހަމަޖެއްސާ، ކުޅުދުއްފުށީ ޕޯޓްތެރެއިން ބިން ވެސް ހަމަޖެއްސި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355