twitterviber whatsapp telegramfacebookyoutube instagram
11th September 2026

ހދ އަތޮޅު ކޮމާންޑަރު ކަޕް: ސެމީ ފައިނަލްގެ މެޗްތައް މިއަދު ހަވީރު

ނަބީލާ އިސްމާޢީލް
Jul 14, 2024

މިހާރު ކުރިއަށްދާ ހދ އަތޮޅު ކޮމާންޑަރު ކަޕްގެ ސެމީ ފައިނަލް މިއަދު ހަވީރު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ގުރޫޕް އޭގެ ޓީމް ކޭސީޕީ އާއި ގުރޫޕް ބީގެ ޕޯސްޓް ލެވެލް އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގުރޫޕް އޭގެ އެންޕީއާރުސީ އަދި ޔުނޭޓަޑް ސްޓޭޝަން އެވެ.

އިއްޔެ ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި އެސްއެމް ޓީމާއި ޔުނައިޓަޑް ސްޓޭޝަން ބައްދަލުކުރު މެޗުގައި ޔުނައިޓަޑް ސްޓޭޝަން މޮޅުވެފައިވަނީ 0-10 އަކުން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނައިޓަޑް ސްޓޭޝަންގެ ހަމްދޫން އަހުމަދު އަބުދުﷲ އެވެ.

އިއްޔެގެ ދެވަނަ މެޗުގައި ކޭސީޕީ ސްޓަރ އަދި ޕޯސްޓް ލެވެލް ބައްދަލުކުރި މެޗު 2-4 އިން ކާމިޔާބުކުރީ ޕޯސްޓް ލެވެލް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޯސްޓް ލެވެލްގެ އަލީ އިބްރާހިމް އެވެ.

ނޯތު ޕޮލިސް ހެޑްކުއާޓަރުގެ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:15 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293