twitterviber whatsapp telegramfacebookyoutube instagram
8th September 2024

ކޮމިޓީއަށް ހާޒިރުނުވެވޭނެ ކަމަށް ގަވަރުނަރު އަންގަވައިފި

ނަބީލާ އިސްމާޢީލް
Jul 15, 2024

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ވަޑައިނުގަންނެވޭނެ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އަންގަވައިފިއެވެ.

އެމްއެމްއޭ އިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ ގަވަރުނަރު އަލީ ހާޝިމް އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގެ ކޮމިޓީއަށް މިއަދު އޭނާއަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށް ސިޓީގައިވެ އެވެ.

މާލިއްޔަތު ކޮމިޓީގެ އެ ބައްދަލުވުން އޮތީ މިއަދު 11:00 ގައެވެ. ކޮމިޓީގެ އެޖެންޑާގައި އޮތީ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާއި ގުޅޭ މައްސަލައާ ގުޅޭ ގޮތުން ގަވަރުނަރާ ބައްދަލުކުރެއްވުމެވެ.

މިއަދުގެ ބައްދަލުވުމަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ހާޝިމްގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި އެސިސްޓަންޓް ގަވަރުނަރު އިދުހާމް ހުސެއިނެވެ.

ހާޝިމް މަޖިލިހުގެ ކޮމިޓީއަށް ހާޒިރު ކުރާއިރު، ހާޝިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ވަނީ ފަށައިފައެވެ. އެ މައްސަލަ އިސްވެ، ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމް ވަނީ ގައުމުގެ އިގްތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަ ކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގްތިސޯދު ނިކަމެތިވެގެން ދިޔައިރު،، އެމްއެމްއޭގެ ގާނޫނުގައި ބަޔާން ކުރާ މަގްސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށް ވިދާޅުވެފައެވެ.

އަދި އެމްއެމްއޭގެ މައިގަނޑު އެއް އަސާސްކަމުގައިވާ މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުންދާކަން ފެންނަމުން ނުދާ ކަމަަށް ނާޒިމް ވިދާޅުވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355