twitterviber whatsapp telegramfacebookyoutube instagram
23rd September 2026

އަންހެނުން ކޮމެޓީން ހެދި ފިނި މައިޒާނުގެ ޑަސްބިންތަކަށް ގޭގޭގައި އުފެދޭ ކުނިއަޅާ މައްސަލަ ބޮޑުވެއްޖެ

ނަބީލާ އިސްމާޢީލް
Jul 24, 2024
1

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން (ޑަބުލިއުޑީސީ) ކުޅުދުއްފުށީގައި ތަރައްގީ ކުރި ފިނިމައިޒާނުގައި ބަހައްޓާފައިވާ ޑަސްބިން ތަކަށް އާންމު ފަރާތްތަކުން ކުނިއަޅާ މައްސަލަ ބޮޑުވެއްޖެ އެވެ.

ޑަބުލިއުޑީސީން ކުރި ޕޯސްޓެއްގައި ބުނީ ޑަބްލިއުޑީސީ ފިނިމައިޒާނުގައި ބެހެއްޓިފައިވާ ޑަސްޓްބިންތަކަށް އާންމު ގޭގޭގައި އުފެދޭ ކުނި އަޅާކަމަށް މައްސަލަ ފާހަގަވާކަމަށެވެ. އަދި މިފަދަ އަމަލުތައް ނުކުރުމަށް ޑަބުލިއުޑީސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

1.57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މި މައިޒާން ހުޅުވާފައިވަނީ މި ޖުލައިމަހުގެ 7 ވަނަ ދުވަހު ކުލަގަދަ ރަސްމިއްޔާތަކާ އެކު އެވެ.

މި ތަނަކީ ގިނަ އަންހެނުންތަކެއް އެއްތަނަކުން ބައްދަލުވެ ކަންބޮޑުވުންތަކާ މެދު މަޝްވަރާކޮށް ގުޅުން ބަދަހިކުރުމާއި ސިއްހީ، ތައުލީމީ، ކުޅިވަރުގެ އަދި މީގެ އިތުރުން ސިޔާސީ ދާއިރާއަށް އަންހެނުން ނިކުތުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުން އަދި އަންހެނުން ބައްދަލުވެ މި ފަދަ ވާހަކަތައް ދައްކާލުމަށް ހިތްފަސޭހަ މަންޒިލެއް ގާއިމުކޮށްދިނުންކަމުގެ މަގުސަދުގައި ހަދާފައިވާ މައިޒާނެކެވެ.

ހިތަށްފިނިވާމަގު އިރުމަތިން ފުއްޓަރު ފަރާތުގައި ތަރައްގީކޮށްފައިވާ މި މައިޒާނުގައި ބާބަކިއު ހަޓްތަކާއި ޖޯލިފަތި އަދި ބެންޗް ފަދަ ހިތްހަމަ ޖައްސާލުމަށް ތިބެލެވޭ ކަހަލަ ތަންތަން ހަދާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293