twitterviber whatsapp telegramfacebookyoutube instagram
8th September 2024

އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތް އިއުލާނުކޮށްފި

Jul 24, 2024

އުރީދޫ ނޭޝަންއިން އޮފީސްތަކަށް ހާއްސަކޮށް "އިންޓާ އޮފީސް" ގޭމިން މުބާރާތެއް އިއުލާނުކޮށްފި އެވެ.

މި މުބާރާތަކީ ދިވެހި ގޭމަރުންގެ މެދުގައި މަގުބޫލު އީއޭއެފްސީ24، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އީ ސްޕޯޓްސް މުބާރާތެކެވެ. އުރީދޫން ބުނީ މި މުބާރާތަކީ ރާއްޖޭގައި އޮތް އީސްޕޯޓްސްގެ ކޮމިއުނިޓީއަށް ހިތްވަރުދީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ބާއްވަން ނިންމި މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތަކީ އޮފީސްތަކުގެ މުވައްޒަފުންނަށް ގޭމިން ހުނަރު ދައްކާލައި، އޮފީސްތަކުގައި އޮންނަ ޓީމްވޯކް ވަރުގަދަކޮށް، އެކުވެރިކަން އުފެއްދުމަށް ފުރުސަތު ލިބިގެންދާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ރަޖިސްޓްރޭޝަނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ރަޖިސްޓްރީ ކުރެވޭނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.

އަގުހުރި ފައިސާގެ އިނާމުތަކެއް ހުށަހަޅައިގެން ބާއްވާ މި މުބާރާތަކީ ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި އީ ސްޕޯޓްސް މުބާރާތުގެ ކޮންމެ ގޭމަކުން ވެސް އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

އީއޭއެފްސީ މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަކީ:

1 ވަނަ އިނާމު: 10،000ރ.
2 ވަނަ އިނާމު: 6،000ރ.
3 ވަނަ އިނާމު: 4،000ރ.

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަކީ:

1 ވަނަ އިނާމު: 4،000ރ.
2 ވަނަ އިނާމު: 3،000ރ.
3 ވަނަ އިނާމު: 2،000ރ.
އެމްވީޕީ: 1،000ރ.

ޕަބްޖީ މޮބައިލް މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަކީ:

1 ވަނަ އިނާމު: 8،000ރ.
2 ވަނަ އިނާމު: 5،000ރ.
3 ވަނަ އިނާމު: 3،000ރ.
4 ވަނަ އިނާމު: 2،000ރ.
5 ވަނަ އިނާމު: 1،000ރ.
އެމްވީޕީ: 1،000ރ.

އުރީދޫގެ ވެބްސައިޓުން މި މުބާރާތުގައި ބައިވެރިވުމަށް މިހާރު ރަޖިސްޓްރީ ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355