twitterviber whatsapp telegramfacebookyoutube instagram
18th October 2024

ނަސޭހަތްތެރިވީ ސްކުރީނާ ދުރުގައި ގިނައިން ވަގުތު ހޭދަކުރަން، ކާމިޔާބު މީހަކަށްވާނީ އޭރުން

ނަބީލާ އިސްމާޢީލް
Jul 26, 2024

ސްކްރީން ގިނައިން ބޭނުން ކުރުމުން ދިރިއުޅުމުގައި އެހާ ކާމިޔާބު މީހަކަށް ނުވެދާނެކަމަށް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ފާތިމަތު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރޭ އަފީފުއްދީން ސްކޫލުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ފާތިމަތު ޝަރީފް ވިދާޅުވީ، އަޅުގަނޑުމެން މި ގެންގުޅޭ އިލެކްޓްރޯނިކް އާލާތުގެ ސަބަބުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވުމާއި ހަމަ ނިދި ނުލިބުން ހިމެނޭ ކަމަށެވެ. އަދި ހަމަ ނިދި ނުލިބުމަކީ ހުރިހާ މައްސަލަތަކެއްގެ ފެށުން ކަމުގައި އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިންސާނާގެ ސިކުނޑިއަކީ އަބަދުވެސް އެންޓަޓައިންމެންޓް ބޭނުންވާ ބައެއް، އެގޮތުން އަޅުގަނޑުމެންގެ ނަފްސު އަބަދުވެސް ބޭނުންވޭ ހިތްހަމަޖެހޭ ކަންކަން ފެންނަށް، އެހެން ކަމުން ޓެކްނޮލޮޖީއަކީ ވަރަށް ގިނަ އިންފޮމޭސަންޝް، އޭގެތެރޭގައި އެދެވޭ ކަންކަން އެބަ ހިމެނޭ. ނޭދެވޭ ކަންކަން އެބަ ހިމެނޭ، އޭގެ ތެރެއިންވެސް އަޅުގަނޑުމެންނަށް މި އިސްކަންދެވެނީ ނޭދެވޭ ކަންކަމަށް." ފާތިމަތު ޝަރީފް ވިދާޅުވި އެވެ.

ފޯނު ނުވަތަ ޓެބްލެޓަށް ކުދިން ގެއްލިފައިވުމުގެ ސަބަބުން ދުނިޔޭގެ މާހައުލާއި މަޝްރަހާއި ކުދިން އެކަހެރިވެ އެކަނިވެރި އުޅުމަކަށް ކުދިން މިސްރާބު ޖަހައި ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ކަންކަމާ ކުދިން ކުރިމަތިލާން ޖެހޭ މިންވަރު އިތުރުކަން ފާހަގަ ކުރެއްވި އެވެ.

ޑިޖިޓަލް ޑިވައިސްތަކުން ބޭނުންކުރުމުގައި މުސްތަގުބަލަށްޓަކާ ވިސްނާލުން ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކުރަމުން ފާތިމަތު ވިދާޅުވީ ސްކްރީނުގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން އެހެންކަންކަމާއި ދުރުކުރުވައި ހެލިފެލިވެ އުޅުމާއި ދުރުކޮށް ބަރުހެލި އެކްޓިވް ނޫން ބަޔަކަށް ކުދިންވާކަމަށެވެ. މީގެ އިތުރުން ކެއިން ބުއިމުގައި ނުރަނގަޅު ތަކެތި އިހުތިޔާރުކޮށް ވިސްނުމުގެ ބާރު ވަރަށް ބޮޑަށް ދައްވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން ހަފުތާ ބަންދުގައި ނަމަވެސް ސްކްރީނާއި ދުރުވެ ނުވަތަ ސްކްރީނާ ނުލައި ގޭތެރޭގައި ކަންކަމުގައި ބައިވެރިވެ، އަމިއްލަ ސިކުނޑި ބޭނުންކޮށްގެން މުޖުތަމައުގެ ތެރޭގައި ވަގުތު ހޭދަކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355