twitterviber whatsapp telegramfacebookyoutube instagram
10th October 2026

އަފީފުއްދީން ސްކޫލްގެ 29 ކެޑޭޓަކު ހުވާކޮށް ހަތިޔާރު ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Jul 28, 2024

ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލުގެ ކެޑޭޓުން ހުވާކޮށް ހަތިޔާރު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. އަފީފުއްދީން ސްކޫލްގެ ހޯލްގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި ކެޑޭޓާ އަލަށް ގުޅުނު 29 ކެޑޭޓުން ވަނީ ހުވާކޮށްފަ އެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޤައުމީ ކެޑޭޓްކޯ ނޮދަން އޭރިއާ ރެޖްމަންޓް ކޮމާންޑަރ މޭޖަރ ޔާސިރު މުހައްމަދެވެ

ކެޑޭޓުންނަށް ހުވާލާ ދެއްވީ ހދ އަތޮޅު ޖުޑިޝަލް ދާއިރާ ހިންގުމާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އަލްއުސްތާޒް މުހައްމަދު އިސްމާއިލެވެ.

ހަތިޔާރު ހަވާލުކުރެވޭއިރު އަންގާ އެންގުން އަންގައި ހަތިޔާރު ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޯދަން އެރިއާ ކޮމާންޑް ކުޅުދުއްފުށީ ޕޯސްޓްގެ އޮފިސަރ އިންޗާޒް މޭޖަރ އަބުދުﷲ ޝާހީން އެވެ.

އެ ސްކޫލްގައި ޖުމްލަ 163 ކެޑޭޓުން ހަރަކާތްތެރިވެ އެވެ.

މި ރަސްމިއްޔާތުގައި އަފީފުއްދީން ސްކޫލް ޕްރިންސިޕަލް އަދުނާނު އަލީ އާއި ޑެޕިއުޓީ ޕްރިންސިޕަލް ޝަޒްނާ އިބުރާހިމާއި ޕީޓީއޭ އަދި އިސްވެރިންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293