ކުޅުދުއްފުށީގައި ދިވެހި އަންހެނަކު ބިދޭސީ ފިރިހެނެއްގެ ވޮލެޓް ފޭރިގަނެފި އެވެ. މިއަދު ހަވީރު ހިނގި މިހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ، ވޮލެޓް ފޭރުނު މައްސަލާގައި އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ބިދޭސީ މީހާ ބައިސްކަލްގައި ދަނިކޮށް އަންހެން މީހާ ސައިކަލެއްގައި ދުއްވާފައި ގޮސް ވޮލެޓް ފޭރިގަތީ އެވެ. އަދި ވޮލެޓް އަތުލަން އުޅުމުގެ ތެރޭގައި ދެ މީހުން ވެއްޓި ގަޔަށް އަތްލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެ ވީޑިއޯ ފެންނަ ގޮތުގައި ބިދޭސީ މީހާ އެ އަންހެން މީހާ ދިޔަ ނުދީ ހިފައްޓާ މަންޒަރު ފެނެ އެވެ. އަދި އޭނާގެ ވޮލެޓް ފޭރިގަތް ވާހަކަ ގޮވައި އެހީތެރިކަމަށް ގޮވާ އަޑުއިވެ އެވެ.
މި އަންހެން މީހާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. މިމައްސަލަ ފުލުހުން އަންނަނީ ތަހްގީގުކުރަމުންނެވެ.