twitterviber whatsapp telegramfacebookyoutube instagram
17th September 2024

އަމާޒަކީ ކޭއާރުއެޗުގައި ބޮޑެތި ބަލިތަކަށް ފަރުވާދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުން: ސީއީއޯ ނާޒިމާ

އަބްދުލް ވާހިދު ޙަސަން
Aug 9, 2024
1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބޮޑެތި ބަލިތަކަށް ފަރުވާދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމުގެ ގޮތުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކާއެކުވެސް މަޝްވަރާކުރަމުންދާކަމުގައި ކޭއާރުއެޗްގެ ސީއީއޯ ނާޒިމާ އަލީ ވިދާޅުވެއްޖެ އެވެ.

ކޭއާރުއެޗުގައި ޕްލާސްޓިކް ސާޖަރީގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ނާޒިމާ އަލީ ވިދާޅުވީ، ބޮޑެތި ބަލިތަކަށް ފަރުވާދެވޭނެ ގޮތްތަކަށް ކަންކަން ބައްޓަންކުރުމުގެ ގޮތުން މިހާރުވެސް ގިނަ މަޝްވަރާތަކެއް ފެށި ކުރިއަށްދާ ކަމަށެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ މެނޭޖްމެންޓާ ބައްދަލުކޮށް ކޭއާރުއެޗްގެ ހިދުމަތްތައް ފުޅާކުރުމާއި އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ވަކި ޝެޑިއުލްތަކެއްގެ ދަށުން ކޭއާރުއެޗްގެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިކަމަށް ނާޒިމާ ވިދާޅުވި އެވެ.

މީގެ އިތުރުން އާސަންދައިގެ ދަށުން ރާއްޖޭން ބޭރުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންވެސް ކުޅުދުއްފުއްޓަށް ގެނެވި އެ ޑޮކްޓަރުންގެ ހިދުމަތް ދާއިމީ ގޮތެއްގައި ކުރިއަށްގެންދެވޭނެ ގޮތްތަކެއް ހޯދުމަށް އާސަންދައާއެކު މަޝްވަރާކުރެވުނުކަމުގައި ނާޒިމާ ވިދާޅުވި އެވެ. އެގޮތުން އިންޑިޔާގެ މިއޮޓް ހޮސްޕިޓަލްގެ ޓީމާ ވަރަށް އަވަހަށް ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

މަޝްވަރާތަކުގެ ތެރޭގައި ކިޑްނީ، ނާރު، ހިތުގެ އަދި ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ފަރުވާ ހިމެނެ އެވެ.

ނާޒިމާ ވިދާޅުވީ، މީގެ އެންމެ ބޮޑު ބޭނުމަކީ ތިންމަހުން ނުވަތަ ދެމަހުން ހިދުމަތް ހޯދައި ފަރާތްތަކަށް ވަކި ޝެޑިއުލްގެ ތެރެއިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ. ކޭއާރުއެޗްގެ އެމަޖެންސީ ފަރުވާތަކާއި ނަފުސާނީ ފަރުވާތަކަކީ ވަރަށް ބޮޑަށް ކުރިއަރުވަން ބޭނުންވާ ދާއިރާތަކެއް ކަމަށާއި އެކަމުގައިވެސް އައިޖީއެމްއެޗާ މަޝްވަރާކުރެނުވުކަމުގައި ނާޒިމާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355