twitterviber whatsapp telegramfacebookyoutube instagram
15th March 2026

އާސަންދަ އިސްލާހު ކުރުމުގެ މަސައްކަތް ފަށަނީ

Aug 14, 2024

އާސަންދަ އިސްލާހު ކުރުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަސް ތެރޭގައި ފެށިގެން ދާނެ ކަމަށް ފައިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިހާރު އެކުލަވާލާފައި އޮތް ޕްލޭނުން އޮކްޓޯބަރު މަހު އޭގެ އިމްޕްލިމެންޓޭޝަން ފެށިގެން ދާނެ، މީގެ މުހިންމު ކަމެއް މި ދެނީ މި ޕްރޮގްރަމަކީ ހިނގަމުންދާ ކަމެއް، މިކަމަކީ ރައްޔިތުންނާއި ވަަރަށް ބޮޑަށް ގުޅިފައިވާ ކަމެއް، އެއްވެސް ހިދުމަތެއް ސަރުކާރުން ބޭނުން ނުވޭ ރައްޔިތުންނަށް ދަތިވާ ގޮތަށް ގެންނާކަށެއް، އެހެންވީމަ މި ގެނެވޭ ބަދަލު ވާން ޖެހޭނީ ވަރަށް ރަނގަޅަށް ކޮމިއުނިކޭޓް ކުރެވިގެން ގެނެވޭ ބަދަލަކަށް،". މިނިސްޓަރު ވިދާޅުވި އެވެ.

މިގޮތުން މިހާރު ޕްލޭން ކުރެވިފައި އޮތީ މިިކަމާއި ގުޅޭ މައުލޫމާތު ދިނުމާއެކު، އޮކްޓޯބަރު މަހު ހިސާބުގައި އެކަން ފެށުމަށް ކަމަށެވެ.

ވަޒީރު ވިދާޅުވީ އެ އިރެއްގައި ކުރަން ނުޖެހޭ އޮޕަރޭޝަންތައްވެސް ކޮށްފައިވާ ކަމަށާއި އެއީ ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. މިކަހަލަ އޮޕަރޭޝަންތަކުގެ ސަބަބުން ހަރަދުތައް އިތުރުވެ މީހާއަށްވެސް ނުރައްކަލާ ކުރިމަތިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355