twitterviber whatsapp telegramfacebookyoutube instagram
6th October 2026

ހއ އިން ތ އަށް, 5 ވަނަ ފަހަރަށް ރީނދޫ ދަންމާލައިފި

ނަބީލާ އިސްމާޢީލް
Aug 17, 2024

ވައި ބާރުވެ ކަނޑުތައް ގަދަވުމުން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ނެރެފައިވާ ރީނދޫ ސަމާލު 5 ވަނަ ފަހަރަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ދަންމާލައިފިއެވެ.

އެ އިދާރާއިން ބުނީ، ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދު ބާރުމިނެއްގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ އިދާރާއިން އިއްޔެއިން ފެށިގެން މި ސަރަހައްދަށް ނެރެމުން އަންނަ ރީނދޫ ސަމާލު މިހާރު ނެރެފައިވަނީ މިއަދު މެންދުރު 13:00 އާއި ހަމައަށެވެ.

ވައިގަދަވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އެ އޮފީހުން ބުނާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ، ޑިސެންބަރާ ހަމައަށް ދެމިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293