twitterviber whatsapp telegramfacebookyoutube instagram
17th September 2024

ގަދަދިހައެއްގައި 18 ދަރިވަރުން ހިމެނި ޖަލާލުއްދީން ސްކޫލަށް ތާރީހީ ކާމިޔާބެއް

އަބްދުލް ވާހިދު ޙަސަން
Aug 18, 2024
1

އޯލެވެލް އިމްތިހާނުގައި 18 ދަރިވަރަކު ގައުމީ ގަދަދިހައެއްގައި ހިމެނި ޖަލާލުއްދީން ސްކޫލުން ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ. މިއީ އެ އޯލެވެލް އިމްތިހާނަކު އެ ސްކޫލްގެ އެންމެ ގިނަ ދަރިވަރުން ގަދަދިހައެއްގައި ހިމެނުނު ފަހަރެވެ.

18 ދަރިވަރަކު ގަދަދިހައެއްގައި ހިމެނުނުއިރު 1 ވަނައިން ފެށިގެން ދިހަވަނައިގައި ދަރިވަރުން ހިމެނުނެވެ. މީގެ އިތުރުން ކޮމްޕިއުޓާ ސައިންސުން 100 އިންސަތަ ދަރިވަރުން ފާސްވި އެވެ. އަދި ތިން މާއްދާއެއް ފިޔަވައި ތިން މާއްދާއިން 80 އިންސަތައަށްވުރެ މަތިން ދަރިވަރުން ފާސްވި އެވެ.

"2024 ވަނަ އަހަރުގެ މެއި/ޖޫން އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނުތަކުގައި ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން ވަނީ ފަހުރުވެރި ކާމިޔާބީތަކެއް ހޯދައި ޖަލާލުއްދީން ސްކޫލްގެ ރަން ތާރީހަށް އައު ބާބެއް އިތުރުކޮށްފަ." ޖަލާލުއްދީން ސްކޫލުން ކުރި ޕޯސްޓެއްގައިވެ އެވެ.

އެ ސްކޫލުން ވަނީ ގަދަ ދިހަވަނައިގައި ހިމެނުނު 18 ދަރިވަރުންނާއި އޯލެވެލްގައި ބައިވެރިވި ހުރިހާ ދަރިވަރުން ހޯދި ފުރިހަމަ ކާމިޔާބީ ފާހަގަކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް މަރުހަބާ ކިޔާފަ އެވެ.

މި ކާމިޔާބީ ސިއްރަކީ ދަރިވަރުންގެ މިންނެތް މަސައްކަތްތަކާއި މުދައްރިސުންގެ އަގުނުކުރެވޭ ގުރުބާނީ ކަމަށެވެ. އަދި ބެލެނިވެރިން ސްކޫލަށް ކުރެއްވި ފުރިހަމަ އިތުބާރުކަމަށެވެ.

"މާތް ﷲ، އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރާ މަސައްކަތުގައި ބަރަކާތްލައްވައި އަޅުގަނޑުމެންގެ ކާމިޔާބުތައް ފަށްފަށްކުރައްވާށި. އާމީން." ސްކޫލްގެ ޕޯސްޓްގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355