twitterviber whatsapp telegramfacebookyoutube instagram
17th September 2024

އުރީދޫ އެންޓަޓޭނިޔާ އަށް ޖިއޮސާވަން

Aug 20, 2024

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މިއުޒިކް ސްޓްރީމިންގ ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމް ކަމުގައިވާ ޖިއޯސާވަން، އުރީދޫގެ މުނިފޫހިފިލުވުމުގެ މަރުކަޒު ކަމުގައިވާ އެންޓަރޓެއިނިއާއަށް އިތުރުކޮށްފިއެވެ.

އުރީދޫން ބުނީ މި ޕާޓްނަޝިޕް އާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް 16 ބަހަކުން 80 މިލިއަނަށްވުރެ ގިނަ ލަވަތަކާއި، ޕޮޑްކާސްޓްތަކާއި، ހާއްސަ ކޮންޓެންޓްތައް ހިމެނޭ ޖިއޯސާވަންގެ ކެޓަލޮގަށް ފަސޭހަކަމާއެކު ސަބްސްކްރިޕްޝަން ލިބި، މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

އުރީދޫގެ އެންޓަރޓެއިނިއާ ފަރުމާކޮށްފައި ވަނީ ތަފާތު ގިނަ ބާވަތްތަކުގެ މުނިފޫހިފިލުވުމުގެ ޕްލެޓްފޯމް ތަކުގެ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށެވެ. އަދި ޖިއޯސާވަން ހިމެނުމާއެކު، ރާއްޖޭގައި މިއުޒިކަށް ލޯބި ކުރާ ފަރާތްތަކަށް ތަފާތު އެކި ވައްތަރުގެ މިއުސިކް ފަސޭހަކަމާއެކު އަޑު އަހާލުމުގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ. އޭގައި ބޮލީވުޑް ހިޓްސްތަކާއި، ބައިނަލްއަޤްވާމީ ޗާޓުތަކުގައި އެންމެ މަތީގައި ހުންނަ ލަވަތަކާއި، ސަރަޙައްދީ މަޤްބޫލު ލަވަތައްވެސް ލިބެން ހުރެއެވެ.

މި ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ބޭނުންކުރާ ފަރާތްތަކަށް ކަމުދާ ލަވަތައް ހިމަނާއިގެން ހާއްސަ ޕްލޭލިސްޓްތައް ހެދުމާއި، އައު އާޓިސްޓުން ދެނެގަތުމާއި، އެކި ބާވަތްތަކުގެ މިއުޒިކް އަޑުއެހުމުގެ ފުރުޞަތު ފަސޭހަކަމާއެކު ލިބިގެންދާނެ ގޮތަށެވެ.

ޖިއޯސާވަން އިން ލަވަ އާއި ޕޮޑްކާސްޓް އަޑުއަހަން ބޭނުންވާ އުރީދޫ ކަސްޓަމަރުންނަށް 1 މަހުގެ ހިލޭ ޕްރީމިއަމް ޖިއޯސާވަން ސަބްސްކްރިޕްޝަނަކާއެކު 50 ޖީބީ ޑޭޓާ އެންމެ 250 ރުފިޔާއަށް އުރީދޫ އެންޓަޓޭނިއާ ނުވަތަ އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓްކޮށްލެވޭނެއެވެ.

އުރީދޫން ބުނީ މިއީ ކަސްޓަމަރުންގެ އީޖާދީ ޑިޖިޓަލް ހައްލުތަކާއި ތަފާތު ތަޖުރިބާތައް ފަހިކޮށްދުނުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން ވެވިފައިވާ ޕަރޓްނަރޝިޕެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355