twitterviber whatsapp telegramfacebookyoutube instagram
1st April 2026

ވިއްސާރައާ ގުޅިގެން މާދަމާ ގުރޭޑް 7 އަކުން ދަށަށް ސްކޫލް ބަންދުވާނެ

އަބްދުލް ވާހިދު ޙަސަން
Aug 21, 2024
1

ކުޅުދުއްފުއްޓަށް މިހާރު ކުރަމުންދާ ބޯވިއްސާރައާ ގުޅިގެން މާދަމާ ގުރޭޑް 7 ދަށުގެ ދަރިވަރުންނަށް ސްކޫލް ބަންދުވާނެކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

މޭޔަރު ވިދާޅުވީ މިގޮތަށް ނިންމީ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީގެ ސްކޫލްތަކުގެ ޕްރިންސިޕަލުން މެދުގައި މަޝްވަރާކުރެވުމަށްފަހު ކަމަށެވެ. މޭޔަރު ވިދާޅުވީ ގުރޭޑް 7 އަކުން ދަށުގެ ދަރިވަރުންނަށް މާދަމާ ސްކޫލް ބަންދުވިނަމަވެސް ގުރޭޑް 8 ފެށިގެން މަތީގެ ދަރިވަރުންނަށް ކިޔެވުން އޮންނާނެކަމަށެވެ.

މިއަދު މެންދުރުފަހު 3 ޖެހީންސުރެއް ކުޅުދުއްފުއްޓަށް އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. އެހެންވުމުން ފެންބޮޑުވެ 100 އަށްވުރެ ގިނަ ގޭބިސީތަކަށް ފެންވަދެ ގެއްލުވި އެވެ. އަދި 6 ސަރަހައްދެއްގައި ޕަމްޕް ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި މަސައްކަތުގައި ސިޓީ ކައުންސިލާއި ފުލުހާއި ދިވެހި ރެޑްކުރެސެންޓް، ޕަބުލިކް ވާރކްސް، ވެމްކޯ، އެސްޓީއޯ، އާރުޑީސީ އަދި ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި އާންމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355