twitterviber whatsapp telegramfacebookyoutube instagram
16th September 2024

24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރެވެހުނީ ކުޅުދުއްފުއްޓަށް

ނަބީލާ އިސްމާޢީލް
Aug 21, 2024

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ކުޅުދުއްފުއްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން އެ އިދާރާގެ އެސިސްޓެންޓް މީޓިއެރޮލެޖިސްޓިކް ތަހުމީނާ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނަ ވާރޭ ވެހިފައިވަނީ ކުޅުދުއްފުއްޓަށްކަމަށާއި އެއީ 118.90 މިލި ލީޓަރުގެ ވާރެކަމަށެވެ.

ނަމަވެސް މިއަދުގެ އާންމު ގޮތެއްގައި މި ސަރަހައްދަށް މޫސުން ރަނގަޅު ވާނެ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށެވެ.

ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ކޭއޯއަށް ވިދާޅުވީ އިއްޔެ މެންދުރު ފަހުންފެށިގެން ކުޅުދުއްފުއްޓަށް މެދުކެނޑުމެއްނެތި ކުރި ވިއްސާރާގައި 100 އަށްވުރެ ގިނަ ގޭގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މީހުން ނޫޅެވޭވަރަށް ގެއްލުން ލިބި 3 ގެއަކުން މީހުން ވަގުތީ ހިޔާއަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

"މީގެ އިތުރުން ގޭގައި ނޫޅެވޭވަރަށް ގެއްލުން ލިބިގެން އަޅުގަނޑުމެންނަށް ރިޕޯޓުނުކޮށް އަމިއްލައަށްވެސް ރީލޮކޭޓް ކޮށްފައި އެބަހުރި ބައެއް ފަރާތްތަކުން. އެކި ގޭގެއަށް ފެންވަދެ ގެއްލުންވެފައިވަނީ އެކިވަރަށް." ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

ޑެޕިއުޓީ ވިދާޅުވީ ވާރޭ ވެހުމުގެ ސަބަބުން އާންމުކޮށް ރަށުގައި ފެންބޮޑުވަނީ އެއް ސަރަހައްދު ތަކަކުން ކަމަށާއި އެ ސަރަހައްދު ތަކުގައި ދިރިއުޅޭ ފަރާތްތަކުން ގެއްލުން ކުޑަކުރުމަށް ވިއްސާރަ ދުވަސްވަރަށް ކުރިއާލައި ތައްޔާރުވުމަށް ޑެޕިއުޓީ މޭޔަރުވަނީ އިލްތިމާސްކޮށްފަ އެވެ.

"އާންމުކޮށް ރަށުގައި ފެންބޮޑުވާ މިއުޅެނީ އެއް ސަރަހައްދުތަކެއް، އެ ސަރަހައްދުތަކުގެ ގޭގޭގައި ދިރިއުޅޭ ފަރާތްތަކުން މުދަލާއި ތަކެއްޗަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރިޔާލައި ތައްޔާރުވެލުން ވަރަށް މުހިންމު، މިސާލަކަށް ވެލި ބަސްތާ ތައްޔާރުކޮށްލާފަ ބެހެއްޓުން، ނުވަތަ ގެތަށް ތިރި ތަންތަނުން ގެ އުސްކުރުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަށް އަޅާލުން." ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފުރާޅުތަކުން ފައިބާ ފެން މަގަށް އެޅޭ ގޮތަށް ނުބެހެއްޓުމަށާއި ޖަންގުސަނަށް ފުރާޅުތަށް ގުޅުންފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާ ކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355