twitterviber whatsapp telegramfacebookyoutube instagram
19th September 2024

ހެލްތު ޗެކަޕެއް ހެއްދެވުމަށް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

Aug 27, 2024

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެން ހެލްތު ޗެކަޕެއް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅާ ގުޅުވައި ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރޭ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

އޭގެ ކުރިން ރޭ އޮތް ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މީގެ ދެތިން ރޭ ކުރިން އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަޑައިގެންނެވި ކަމަށެވެ.

އެކަމަކު، ސޯޝަލް މީޑިއާގައި އެ ވާހަކަދަ ފަތުރާފައި އޮތީ ރައީސް މުއިއްޒު ހޮސްޕިޓަލަށް ގެންދިޔައީ އާރަށުގެ ފާހަނާ ތެރެއަށް ވެއްޓި ވަޑައިގެން ބޮލަށް އަނިޔާވެގެން ކަން އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަކީ މާ ކުޅިވަރުގެ މީހެއް ނޫނަސް، ހަފުތާއަކު ތިން ދުވަހު ފުޓުބޯޅަ ކުޅެވޭތޯ ބަލަން އާ ރަށުގައި އޮންނަ ދަނޑުގައި. އެންމެ ފަހުން ކުޅުނު ރޭ... ވީ ގޮތަކުން ކުޑަ އިންޖަރީއެއް ވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހަގީގަތުގައި އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގަތީ ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާގައި މާލޭގައި ތިބި ޑޮކްޓަރުންނަށް ދައްކައި، ދެވަނަ ހިޔާލެއް ހޯދުމަށް ކަމަށާއި ދެ އަހަރު ކުރިން ކުރައްވާފައިވާ ސާޖަރީއެއްގެ ރެގިއުލާ ޗެކަޕަކަށެވެ.

މި ދަތުރުފުޅަކީ ދެ ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355