twitterviber whatsapp telegramfacebookyoutube instagram
6th October 2026

ސާފުތާހިރުކަން ކުޑަވެ "ކޭސީ ކޮފީކޯނަރ" ބަންދުކޮށްފި

Aug 27, 2024

ސާފުތާހިރުކަން ކުޑަވެ ކާބޯތަކެތީގެ ހިދުމަތް ދެމުންދާ "ކޭސީ ކޮފީކޯނަރ" ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން (ކޭއާރުއެޗް) ބަންދުކޮށްފި އެވެ.

ކޭއާރުއެޗުން ބުނީ، 'ކޭސީ ކޮފީކޯނަރ' ބަންދުކުރީ ކާބޯތަކެތީގެ ޒަރީއައިން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލަކުން ހިދުމަތް ލިބިގަން ފަރާތްތައް ރައްކާތެރިކުރުމަށްޓަކާ "ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވައިދުގެ ދަށުން ކަމަށެވެ.

ކުޅުދުއްފުށީގައި ކެފޭ/ރެސްޓޯރެންޓްގެ ހިދުމަތްދެމުން އަންނަ މިތަނުގެ ސާފުތާހިރުކަން ކުޑަވެ ބަންދުކުރިއިރު މިދުވަސްވަރަކީ މާލޭގައި ހިންގާ ކެފޭ/ރެސްޓޯރެންޓްތަކުގެ ސާފުތާހިރުކަން ކުޑަވެ ކަމާ ގުޅުން ހުރި ފަރާތްތަކުން ފިޔަވަޅު އަޅަމުން އަންނަ ދުވަސްވަރެއްކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293