twitterviber whatsapp telegramfacebookyoutube instagram
10th April 2025

ބޮޑެތި އިންވެސްޓަރުންނަށް ރާއްޖެއިން ބޯހިޔާވަހިކަން ދޭން މަޝްވަރާކުރަނީ

ނަބީލާ އިސްމާޢީލް
Sep 1, 2024

ބޮޑެތި އަދަދުތަކުން ރާއްޖެއަށް އިންވެސްޓްކުރާ އިންވެސްޓަރުންނަށް މި ގައުމުން ބޯހިޔާވަހިކަން ހަމަޖައްސައިދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކުރަން މިއަދުގެ ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބޮޑެތި އަދަދުތަކުން އިންވެސްޓްކުރާ މީހުންނަށް ބޯހިޔާވަހިކަން ދިނުމަކީ ބައެއް ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަންނަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ދުނިޔޭގެ ބައެއް ތަރައްގީވެފައިވާ ކުދި ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ ގޮތަށް އިގުތިސާދު ސިންދަފާތުކުރުމުގެ ގޮތުން އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ކުރިއަށް ގެންދަން މަޝްވަރާކުރާނެ ކަމަށެވެ.

"ވަރަށް ތަފާތު، އެހެންނަމަވެސް ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް. އަދި، ކުރިއަރާފައިވާ ބައެއް ކުދި ގައުމުތަކުގައި ކަންކުރާ ގޮތް،" ރައީސް ވިދާޅުވިއެވެ.

އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމްތަކަކީ ސިންގަޕޫރު އަދި ދުބާއީގައި ވެސް ހިންގާ ޕްރޮގްރާމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމަކީ ގައުމުތަކަށް ބޮޑެތި އަދަދުތަކުން އިންވެސްޓްކުރާ މީހުންނަށް އެ ގައުމަކުން ބޯހިޔާވަހިކަން ހަމަޖައްސައިދޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355